News

ކޯޓުގެ ނިންމުމަކީ ކުޅިވަރުގެ އާއިލާއަށް ލިބުނު ކާމީޔާބީއެއް: ލޯޔަރު ޖައިޝަން

8 ސެޕްޓެމްބަރު 2020






ްޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ދެކޮޅަށ ސިވިލްކޯޓުގައި ބަލަމުން ދިޔަ މައްސަލަ ނިންމި ގޮތަކީ ޓީޓީ އާއިލާއާއި ކުޅިވަރުގެ އާއިލާއަށް ލިބުގެ ކާމީޔާބީއެއް ކަމަށް އެސޯސިއޭޝަންގެ ލޯޔަރު ވިދާޅުވެއްޖެއެވެ.ޓީެ

ޓީޓީސޯސިއޭޝަންގެ ގެ މެންބަރު އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ މިއަދު ބާއްވާން ހަމަޖެހިފައިވާ އެ އެސޯސިއޭޝަންގެ އިންތިހާބު ފާސްކުރުމަށެވެ.  އެހެންނަމަވެސް ހޯމަ ދުވަހު ސިވިލްކޯޓުން މައްސަލަ ނިންމާފައިވަނީ އިންތިހާބު ހުއްޓުމަށް ކޯޓުން ވަގުތީ އަމުރެއް ނެރެންޖެހޭ  ސަބަބެއް ނެތް ކަމަށެވެެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ "ޝަރީއަތުގެ މަރުހަލާތަކަކީ ދިގުދެމިގެންދާ އަދި ގިނަ ދުވަސްތަކެއް ވެގެން ހިނގައިދާނެ މަރުހަލާތަކެއް ކަމަށް ވެފައި، ވަގުތީ އަމުރު ރައްދުވާ ފަރާތަށް އިންތިޚާބެއް ނުބޭއްވި ގިނަ ދުވަސްތަކެއް ފާއިތުވެގެންދާނަމަ، އޭގެ ސަބަބުން ޓީޓީ އެސޯސިއޭޝަނުގެ އެންމެހައި މެންބަރުންގެ ހައްގުތައް ގެއްލި، ޓީޓީ އެސޯސިއޭޝަން ހިންގުމުގައި ދަތިތަކެއްކުރިމަތި ވެގެންދާނެތީ، ވަގުތީ އަމުރަށް އެދުނު ފަރާތުގެ މަސްލަހަތަށްވުރެ ވަގުތީ އަމުރު ނެރުމުގެ ސަބަބުން ވަގުތީ އަމުރު ރައްދުވާ ފަރާތަށް ލިބޭނެ ގެއްލުން މި ހާލަތުގައި ބޮޑުކަމަށް ޝަރީއަތަށް ބުރަވެވޭތީ، ވަގުތީ އަމުރެއް ޝަރީއަތުން ނެރެންޖެހޭނެ ތަނެއް ނެތްކަން ޝަރީއަތުގެ "ހަމަތަކުން އެނގޭ ކަމަށެވެ.

ހޯމަ ދުވަހުގެރޭ ޓީޓީ އެސޯސިއޭޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖައުޝަން ވިދާޅުވީ ހޯމަ ދުވަހު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި ދެފަރާތުންވެސް ވަރަށް ގިނަ ވާހަކަތަކެއް ޝަރީއަތުގެ މަޖިލީހުގައި ހިއްސާ ކުރެވުނު ކަމަށާއި، އެގޮތުން ދައުވާކުރާ ފަރާތުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ އަންގާރަ ދުވަހު ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ކުރިއަށްދާނަމަ، އޭގެ ސަބަބުން އެފަރާތަށް ވަރަށް ގިނަ ހައްގުތަކެއް ގެއްލިގެންދާނެ ކަމަށެވެ. އަދި އެއީ އެފަރާތުގެ ހައްގު އެކަނި ނޫން ކަމަށާއި، ޓީޓީ އެސޯސިއޭޝަނުގެ އެތައް މެންބަރުންގެ ހައްގު ގެއްލިގެން ދާނެ ކަމަށެވެ.

އަދި ޓީޓީ އެސޯސިއޭޝަނުން ހާއްސަ އާންމު ޖަލްސާއެއް ބާއްވާފައިނުވަނީ ގަވާއިދާ ޚިލާފަށް ކަމަށް އެފަރާތުން ފާހަގަކުރި ކަމަށް ޖައުޝަން ވިދާޅުވިއެވެ.

ސިވިލް ކޯޓުން ހުކުމް އިއްވި ފަހުން ޓީޓި އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖައުޝަން ވިދާޅުވީ އެސޯސިއޭޝަނުން ކަންކަން ކޮށްފައިވަނީ ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ކަމަށް ކޯޓުގެ ހުކުމުން އެނގިއްޖެ ކަމަށެވެ. އަދި އެސޯސިއޭޝަންގެ ކަންކަން ކުރިޔަށްދަނީ ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހުން ނިންމާ ގޮތަށް ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

އންތިހާބު ފަސްކުރުމަށް ސިވިލްކޯޓަށް ހުށަހަޅާފައިވާތީ  އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަން (އައިޓީއެފް) އިން ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރަން ޖެހިދާނެކަމަށް ބުނެ ދެ ފަހަރަށް ސިޓީ ފޮނުވާފައިވާކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.  

 
ފޮޓޯ: ރާއްޖެއެމްވީ 


Leave a Comment:

Comments will be published after moderation.