News

އޭ.އެފް.ސީ ކޮފިލިކޭޝަންގެ ކުރިން ފިލިޕީންސްގައި ޓްރެއިނިންގ ކޭމްޕެއްކުރުމަށް 23 އަހަރުން ދަށުގެ ޤައުމީ ޓީމު ފުރައިފި.

3 މާރިޗު 2019






2020 ވަނަ އަހަރު ތައިލެންޑްގައި އޮންނަ އޭފް.އެފް.ސީ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށްކުޅޭ ކޮލިފިކޭޝަންގެ ކުރިން ފިލިޕީންސްގައި ޓްރެއިނިންގ ކޭމްޕެއްކުރުމަށް 23 އަހަރުން ދަށުގެ ދިވެހި ޤައުމީ ފިރިހެން ޓީމު ފުރާފިއެވެ.

ދިވެހި ޓީމް އޭ.އެފް.ސީ 23 އަހަކޮލިފައިން ކުޅުމުގެ ކުރިން އިތުރު ތަމްރީން ހޯދުމަށް ފުރަތަމަ ދަތުރު ކުރާނީ ފިލިޕީންސްގެ މެނީލާއަށެވެ. ފިލިޕީންސްގައި ގާތްގަނޑަކަށް ދެ ހަފުތާގެ ފަރިތަކުރުންތަކަށްފަހު ، ދިވެހި ޓީމު މެނީލާއިން ކޮލިފައިން މިފަހަރު ބޭއްވޭ ސައުދީގެ ރިޔާޛަށް ދިވެހި ޓީމް ފުރާނީ މާޗް 18ވަނަ ދުވަހުގައެވެ.

ގަލްފުގެ ގަދަބާރުތައް ކަމަށްވާ ސައުދީއާއި ޔޫ.އޭ.އީ އަދި ލުބުނާން ހިމެނޭ ޑީ ގްރޫޕުގައި ރާއްޖެ ލައްވާލާފައިވާއިރު ފަރިތަކުރުންތަށް ވަނީ މީގެ މަހެއްހާ ދުވަސްކުރިން ފަށައިގެން ކުރިއަށްގެންގޮސްފައެވެ. ޤައުމީ ސީނިއަރ ޓީމަށް ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ކޯޗް ޕިޓާ ސެގަރޓްގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ކުރިއަށް ދިޔައިރު ޤައުމީ ސީނިއަރ ޓީމުގެ އެސިސްޓަންޓް ކޯޗް އަހްމަދު ޝާކިރު (ޝަކިއްޓޭ) ވެސް އޭނާއާ އެކު ހަރަކާތްތެރިވާނެއެވެ.

މީގެ ކުރިން 19 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކުޅެފައިވާ މުހިއްމު ގިނަ ކުޅުންތެރިންތަކެއް އަނބުރާ ޤައުމީ ޖާރޒީގައި ފެނިގެންދާއިރު މިވަގުތު އެއްވަނަ ގިންތީގެ ކްލަބުތަކުގައި ތިބި ޒުވާން ކުޅުންތެރިންވެސް 23 އަހަރުން ދަށުގެ ޤައުމީ ސްކޮޑްގައި ހިމެނެއެވެ. ދާދިފަހުން ނިމުން ޔޫތު ޗެމްޕިއަންޝިޕުގައި ވިދާލި އެތައް ކުޅުންތެރިންނާއެކު އެވަރޭޖްކޮށް ބަލާއިރު 21 އަހަރުގެ މި ޓީމަކީ ޒުވާން ރޫހުން ފުރިގެންވާ ޓީމެކެވެ.

ފިލިޕީންސްއަށް ކުރާ މި ޓްރެއިނިން ކޭމްޕްގައި ޒުވާން ޓީމުގު ސޮކޮޑްގައި 27 ކުޅުންތެރިން ހިމެނެއެވެ. ނަމަވެސް ޓްރެއިނިންގ ކޭމްޕް ނިންމާލުމަށްފަހު ކޮލިފިކޭސަން ކުޅުމަށް ސައުދީއަށް ދަތުރު ކުރާނީ 4 ކުޅުންތެރިއަކު އުނިކުރުމަށްފަހު 23 ކުޅުންތެރިންގެ ސްކޮޑެކެވެ.

ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ސައުދީއާއި ދެކޮޅަށް މާޗްމަހުގެ 22ވަނަ ދުވަހު 23 އަހަރުން ދަށުގެ ދިވެހި ޓީމް ނިކުންނާނެއެވެ. އަދި އެއަށްފަހު ޔޫ.އޭ.އީއާއި ދެކޮޅަށް 24ވަނަ ދުވަހު ކުޅޭނެއެވެ. އަދި 26ވަނަ ދުވަހު ލުބުނާނާއި ދެކޮޅަށް ކޮލިފިކޭޝަންގެ ފަހު މެޗުގައި ވާދަކުރާނެއެވެ. ކޮލިފިކޭޝަނަށް ގުރުލާފައިވަނީ މިދިޔަ 2018ވަނަ އަހަރުގެ ނޮވެމްބަރ 7 ގައި މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި ހުންނަ އޭ.އެފް.ސީ ހައުސްގައެވެ. އޭ.އެފް.ސީގެ މެމްބަރު 47 ޤައުމުގެ ތެރައިން ކޮލިފިކޭޝަންގައި ބައިވެރިވަނީ 44 ޓީމެވެ. އެއީ ބައްރުގެ ހުޅަނގު ޒޯނުން 24 ޤައުމާއި އިރުމަތީ ޒޯނުން 20 ޓީމެވެ، ކޮންމެ ގްރޫޕަކަށް 4 ޓީމް ވާނެހެން 11 ގްރޫޕަށް ބަހާލެވިގެން ކުރިއަށްދާ ކޮލިފިކޭޝަންއިން މުބާރާތަށް ތައިލޭންޑަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމާއި އެންމެ މަތިން ޕޮއިންޓް ހޯދާ ގްރޫޕުގެ ދެވަނަ މަގާމުގައި ނިންމާލާ 4 ޓީމެވެ. މީގެ އިތުރުން މުބާރާތުގައި ވާދަކުރާނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ތައިލޭންޑެވެ.

މުބާރާތް ބޭއްވޭނީ ތައިލޭންޑުގައެވެ. އެހެންކަމުން ތައިލޭންޑަށް މުބާރާތުގެ ޖާގައެއް ކޮލިފައިން ނުކުޅެ ޔަގީންވާނެއެވެ. ނަމަވެސް ތައިލޭންޑް ކޮލިފައިން ކުޅުމަށްވަނީ ނިންމާފައެވެ. އެހެންކަމުން ތައިލޭންޑް އިންނަ ގްރޫޕުން އެއްވަނައަށް ނުވަތަ އެންމެ ރަނގަޅު ދެވަނައަށް ކޮލިފައިން ގްރޫޕުގައި ނިންމާ 4 ޓީމް ތެރޭގައި ތައިލޭންޑް ހިމެނިއްޖެނަމަ 5 ވަނައަށް އެންމެ ރަނގަޅު ދެވަނައަށް ކޮލިފައިން ގްރޫޕުގައި ނިންމާ ޓީމް މުބާރާތަށް ތައިލޭންޑަށް ދަތުރުކުރާނެއެވެ.

ޒުވާން ޓީމް ގޮވައިން ސާފް ތަށި އަލުން މިފަސްގަނޑަށް ގެނެސްދިން ކޯޗާއެކު އޭ.އެފް.ސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ކުޅުމަށް ދިވެހި ޒުވާން ފިރިހެން ޓީމް ފުރާފައިވާއިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ ދިވެހި އަންހެން ޤައުމީ ޓީމްވެސް ސާފް އަންހެނުންގެ ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ފުރާފައިވާކަމެވެ. އެ މުބާރާތް ފެށޭނީ މިމަހުގެ 12ވަނަ ދުވަހުގައި ކަމަށްވުމުން އޭގެކުރިން އިތުރު ތަމްރީން ހޯދުމަށް މިވަގުތު ދިވެހި އަންހެން ޓީމް ތިބީ ޔޫ.އޭ.އީގައެވެ.

ބޯޅަޑޮޓްއެމްވީއިން އެދެނީ މިދެ ދިވެހި ޓީމަށްވެސް ކާމިޔާބީއެވެ. މުބާރާތްތަކާބެހޭ އިތުރު މައުލޫމާތްތައް އަދި ދިވެހި ޓީމްތަކާބެހޭ ޚަބަރު އަދި ސްކޯ ބެއްލެވުމަށް ރާއްޖޭގެ ފުރަތަމަ ކުޅިވަރު އެޕް ކަމަށްވާ އަޅުގަނޑުމެންގެ ބޯޅަ އެޕް ހިޔާރުކުރެއްވުން އެދެމެވެ.

ފޮޓޯ: މިހާރު

2020 AFC U-23 Championship Qualification FAM U-21 Youth Championship Towards Future

Leave a Comment:

Comments will be published after moderation.