News

ނ. ކެނދިކުޅުދޫގައި ތަރައްގީ ކުރި ޓާފް ދަނޑުގެ މަސައްކަތް ނިމިއްޖެ

4 ސެޕްޓެމްބަރު 2020






ނ. ކެނދިކުޅުދޫ ތަރައްގީ ކުރާ ޓާފް ފުޓްބޯލަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

 

ސަރުކާރުން ކެނދިކުޅުދޫގައި ތަރައްޤީކޮށްދެއްވި ޓާފް ދަނޑުގެ މަސައްކަތް ނިމުންކަން އިއުލާނު ކުރައްވާ މިއަދު ކުޅިވަރާއި ބެހޭ ވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަސައްކަތަކީ އެރަށުގެ ރައްޔިތުންނާއި ކައުންސިލާއި ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އެއްބާރުލުން ލިބިގެންދިޔަ ޕްރޮޖެކްޓެއް ކަމަށްވާތީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

 

އަދި ދެން ޓާފް ދަނޑުގެ މަސައްކަތް އެންމެ އަވަހަށް ނިންމާނީ ރ. އަލިފުށީފައި ކަމަށާއި އެރަށުގެ ޓާފް ދަނޑުގެ މަސައްކަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. 

 

އެއަށްފަހު ދެން މަސައްކަތް ފަށާނީ ލ. ގަމާއި ފުވައްމުލައް ސިޓީގައި ކަމަށްވެސް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.


މި ފަދަ ފުޓްސަލް ދަނޑުތައް ތަރައްގީ ކުރާއިރު ރަށްރަށުން ފުޓްބޯޅައިގެ ތަރިން އުފެއްދިގެން އަންނާނެ ކަމަށް އުންމީދު ކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

އަތޮޅު ތެރޭގެ ފުޓްބޯޅަ ކުރިއަރުވާ ވަސީލަތްތައް ގާއިމުކޮށްދިނުމަކީ މިސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ވައުދުތަކުގެތެރޭގައި ހިމެނޭ ކަންކަމެވެ. 



Leave a Comment:

Comments will be published after moderation.