News

އެކުވެނީގައި ސިންތެޓިކް ޓްރެކް އެޅުމަށް ޕޮލިސް ވެލްފެއާ ކޯޕަރޭޝަނާއި ހަވާލުކޮށްފި

2 ސެޕްޓެމްބަރު 2020






 މާލޭ އެކުވެނި ދުވާ ޓްރެކް ގައި ސިންތެޓިކް އެޅުމަށް ޔޫތް މިނިސްޓްރީން ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ. 

 

މިމަސައްކަތުގެ އެއްބަސްވުމުގައި ޔޫތް މިނިސްޓްރީ އާއި ޕޮލިސް ވެލްފެއާ ކޯޕަރޭޝަނާއި ދެމެދު ސޮއި ކޮށްފައިވަނީ މިއަދު ކުޅިވަރާއި ބެހޭ ވުޒާރާގައި އޮތް ރަސްމިއްޔާތެއްގަ އެވެ.

 

  މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އަހްމަދު މަހްލޫފް އެވެ.  ޕޮލިސް ވެލްފެއާ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފް އެވެ. 

 

މި އެއްބަސްވުމުގެ ދަށުން ދެމަސް ދުވަހުގެ ތެރޭގައި އެކުވެނި ސަރަހައްދުގައި ސިންތެޓިކް ޓްރެކް ގާއިމްކޮށް ނިންމަން ޖެހެއެވެ.

މި މަސައްކަތުގެ އަގަކީ 12,543,231  ރުފިޔާއެވެ. މިއީ އިންޑިއާ ސަރުކާރުން މާލީ އެހީ ދީފައިވާ ޕްރޮޖެކްޓެކެވެ.

 

އެކުވެނި ދުވާ ޓްރެކަކީ 1997 ވަނަ އަހަރު މާލޭގައި ގާއިމްކުރި ތަނެކެވެ. އޭގެ ފަހުން 24 އަހަރުވެފައިވާއިރު އެކުވެނީގެ ވެލި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ 22 ޖޫންގައެވެ. 

 

އެގޮތުން ޓްރެކްގެ ވެލިގަނޑު  އެއްވަރުކުރުމުގެ މަސައްކަތް ކުރީ އާރްކޭއެލް ކުންފުނިން ސީއެސްއާރުގެ ދަށުންނެވެ.

 

މީގެ ކުރިން މިނިސްޓަރ މަހްލޫފް ވިދާޅުވެފައިވަނީ ޓްރެކްގެ މަސައްކަތް ނޮވެމްބަރު 11އަށް ނިންމާލެވޭނޭ ކަމަށް އުންމީދު ކުރައްވާ  ކަމަށެވެ.



Leave a Comment:

Comments will be published after moderation.