News
އިބްރަހިމޮވިޗް އޭސީ މިލާނުގައި އިތުރު އެއްއަހަރު މަޑުކުރަން ނިންމައިފި
1 ސެޕްޓެމްބަރު 2020
އުމުރުން 38 އަހަރުގެ ސްވިޑެންގެ ފޯވާޑް ޒަލްޓަން އިބްރަހިމޮވިޗް އޭސީ މިލާނުގައި އިތުރު އެއްއަހަރު މަޑުކުރުމަށް އެއްބަސްވުން އާ ކޮށްފިއެވެ.
އޭސީ މިލާނާއި އެކު ހަދާފައިވާ އެގްރިމެންޓަށް އަހަރެއް އިތުރުކޮށް ސޮއިކޮށްފައިވާއިރު މިދިޔަ އަހަރު ފަހުކޮޅު އިބްރަހިމޮވިޗް މިލާނާއި ގުޅުނީ މިދިޔަ ސީޒަނާއި ހަމައަށެވެ. އެހެންނަމަވެސް ސީޒަން ނިމުމާއި އެކު އޭސީ މިލާނުން އަދި އެއް އަހަރު އޭނާ ބަހައްޓަން އެއްބަސްވުމަށް އަހަރެއް އިތުރުކުރަން ނިންމިއެވެ.
އިބްރަހިމޮވިޗްގެ އާ އެއްބަސްވުމުގެ ދަށުން އޭނާގެ މުސާރައަށް ހަތަރު މިލިއަން ޔޫރޯ ހުށަހަޅާފައިވާ ކަމަށް ރިިޕޯޓްތައް ބުނެއެވެ. އިބްރަހިމޮވިޗް ވަނީ ޕްރީ ސީސަން ޓްރެއިނިންތަކުގައި ހޯމަ ދުވަހު އޭނާގެ ކުލަބުގެ އެހެން ކުޅުންތެރިންނާއި އެކު ބައިވެރިވެފައެވެ.
އިބްރަހިމޮވިޗަކީ މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ހަމަކުރި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރިކޯޑް މުގުރާލާފައިވާ މޮޅު ކުޅުންތެރިއެވެ.