News
އެފްއޭއެމުން ކުލަބުތަކަށް އަހަރަކަށް 3 މިލިއަނެއްހާ ރުފިޔާދެނީ!
31 އޯގަސްޓް 2020
"ޓުވާޑްސް ފިއުޗާ، އެފްއޭއެމް ފިނޭންޝިއަލް ޕްރޮގްރާމް" ގެ ނަމުގައި ކޮންމެ އަހަރަކު ކުލަބުތަކަށް 3 މިލިއަނެއްހާ ރުފިޔާ ދޭ މާލީ ގޮތުން ކުލަބުތައް ހަރުދަނާ ކުރުމުގެ ހާއްސަ ޕްރޮޖެކްޓެއް އެފްއޭއެމުން ފަށައިފިއެވެ.
އެފްއޭއެމުން ފެށި މި ހާއްސަ ޕްރޮޖެކްޓާއި އެކު ދިވެހި ޕްރިމިއާ ލީގްގެ ހުރިހާ ކުލަބުތަކާއި އެކު މިއަދު އެފްއޭއެމުން ވަނީ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ މިއަދު ކުލަބުތަކާއެކު ހެދި އެގްރިމެންޓަކީ އެފްއޭއެމްގެ ރައިސް ބައްސާމް އަލީ ޖަލީލް އެފްއޭއެމްގެ އިންތިހާބުގެ ތެރޭގައި ކުލަބުތަކަށް ވީ ވައުދެއް ކަމަށާއި، މިއީ އެ ވައުދު ފުއްދުމަށް ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ.
މި އެއްބަސްވުމުގެ ސަބަބުން ކްލަބުތަކަށް ވަރަށް ގިނަ އެހީތަކެއް ލިބޭނެ ކަމަށާއި، ބިސްނަސް މޮޑެލް އަކަށް ކްލަބުތައް ހިންގުން ބަދަލުކުރުމާއި އަދި ކްލަބުތަކުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ވަރަށް ގިނަ ކަންތައްތަކެއް މި އެގްރިމެންޓްގައި ހިމެނިފައިވާނެ ކަމަށް ޖަވާޒް ވިދާޅުވިއެވެ.
މި ޕްރޮޖެކްޓްގެ އަސާސްތައް ބިނާވެގެންވަނީ ހަތް ކަމެއްގެ މައްޗަށާއި، އޭގެތެރޭގައި ހިމެމެނީ ކްލަބު ލައިސަންސަންސިން، އެކަޑަމީ އެންޑް ޔޫތް ޑިވެލޮޕްމެންޓް، ކްލަބް މެނޭޖްމެންޓް، ކްލަބު ފައިނޭޝަލް ރިޕޯޓް، ސީނިއާ ވިމެންސް އެކްޓިވިޓީސް، ސީއެސްއާރް އެކްޓިވިޓީސް އަދި ޕްރޮމޯޝަނަލް އެކްޓިވިޓީސް ކަމަށް ޖަވާޒު ވިދާޅުވިއެވެ.
މި އެގްރިމެންޓްގެ ދަށުން އެފްއޭއެމްގެ ފަރާތުން ކުލަބުތަކަށް އަހަރު ދުވަހުގެ ތެރޭގައި ފުޓްބޯޅައިގެ އެކި ކަންތައްތަކަށް 3 މިލިއަނެއްހާ ރުފިޔާ ދޭނެ ކަމަށް ޖަވާޒް ވިދާޅުވިއެވެ. މި ފައިސާ ބިނާވެގެންދާނީ ކްލަބު ހިންގުމަށް އަދި އެތައް ގޮތަކުން ކުލަބު ހަރުދަނާ ކުރުމުގެ ކަންތައްތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަވާޒް ވިދާޅުވީ އެފްއޭއެމްގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކުން ހެދޭ އިމާރާތްތަކުން ކްލަބުތަކުގެ އާމްދަނީ އިތުރު ކުރުމަށް އިތުރު ޖާގަތަކެއްވެސް ކްލަބުތަކަށް ދިނުމަށް މިހާރުވަނީ ހަމަޖެހިފަ ކަމަށް ޖަވާޒް ވިދާޅުވި އެވެ.