News

"ޖާރޒިއާ"ގެ ބްރޭންޑް އެމްބެސެޑަރަކަށް ފުޓްސަލް ރަސްގެފާނު އަލީ ހާފިޒް

30 އޯގަސްޓް 2020






ފުޓްސަލް ރަސްގެފާނު، އަލީ ހާފިޒް ރާއްޖޭގެ އެއްވަނަ ބްރޭންޑް "ޖާރޒިއާ"ގެ ބްރޭންޑް އެމްބެސެޑަރ އަކަށް ހަމަޖައްސައިފިއެވެ.

 

ރާއްޖޭގެ އެންމެ މަޝްހޫރު އަދި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ބްރޭންޑެއް ކަމަށްވާ ޖާރޒިއާ އިން ވަނީ އަލީ ހާފިޒް އެ ބްރޭންޑްގެ ބްރޭންޑް އެމްބެސެޑަރަކަށް ސޮއި ކުރިކަން ސޯޝަލް މީޑިއާގައި އިއުލާންކޮށްފައެވެ.

 

އަލީ ހާފިޒް ނުވަތަ އާންމު ނަމުން ނަމަ "ހާއްޕެ" އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ކާމިޔާބު ފުޓްސަލް ކުޅުންތެރިޔާއެވެ. ހާފިޒް ވަނީ މިދިޔަ އަހަރު ބޭއްވި ގިނަ މުބާރާތްތަކުގައި ބައިވެރިވެ، އެންމެ ގިނަ ތަށި ކާމިޔާބު ކުރި ކުޅުންތެރިޔާގެ ލަގަބު ހޯދާފައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ހާފިޒަކީ ރާއްޖޭގެ ފުޓްސަލްގައި މިހާތަނަށް ވިދާލި އެންމެ އަލި ގަދަ އެއް ތަރި އެވެ.

 

ޖާރޒިއާގެ ބްރޭންޑް އެމްބެސެޑަރަކަށް ހާފިޒް ހަމަޖެއްދިކަން އިޢުލާން ކުރަމުން ޖާރޒިއާއިން ބުނެފައިވަނީ ރާއްޖޭގެ "ފުޓްސަލް ކިންގް" ޖާރޒިއާގެ ބްރޭންޑް އެމްބެސެޑަރ އަކަށް ވުމަކީ ލިބުނު އުފަލެއް ކަމަށެވެ. މީގެ އިތުރުން ޖާރޒިއާއިން ވަނީ އެމްބެސެޑަރ ކަން އިއުލާން ކުރުމާ އެކީ ހާފިޒްގެ ލޯގޯވެސް ތަޢާރަފް ކޮށްފައެވެ. މިއީ މިފަދައިން އެތްލީޓަކަށް ޙާއްސަ ލޯގޯއަކާ އެކީ ބްރޭންޑް އެމްބެސެޑަރުކަން ރާއްޖޭގައި އިއުލާން ކުރާ ފުރަތަމަ ފަހަރުވެސްމެއެވެ. ޖާރޒިއާ އިން އަންނަނީ މިފަދަ އެތައް ކަމެއްގައި ނަމޫނާ ދައްކަމުންނެވެ.

 

ހާފިޒް ބުނެފައިވަނީ މި ފުރުސަތު ލިބުނުކަމަށް ޓަކާ ފަޙުރުވެރިވާ ކަމަށާއި މިއީ ސަޕޯރޓަރުންގެ ލޯތްބާއި ތަރުޙީބުގެ ސަބަބުން ލިބުނު ފުރުސަތެއް ކަން ފާހަގަކޮށް، މި ފުރުސަތުކީ ފުޓްސަލް އިން އިތުރަށް ކުރިއަށް ދާން ލިބުނު އާ ހިތްވަރެއްކަން ފާހަގަ ކޮށްފައެވެ.

 

ޖާރޒިއާ އަކީ ރާއްޖޭގައި ކުޅިވަރުގެ ތަފާތުއެކި ޕްރޮޑްކްޓް ވިއްކާ، ރައްޔިތުންގެ ރުހުމާއި އިތުބާރު ހޯދާފައިވާ ބްރޭންޑް އެކެވެ. ޖާރޒިއާ އެންމެ މަޝްހޫރު ވެފައި ވަނީ ތަފާތު ރީތި ޖާރޒީ އާއި ކުޅިވަރާބެހޭ ތަފާތު ކޮލިޓީ ޕްރޮޑަކްޓް އެންމެ ރަނގަޅު އަގެއްގައި ވިއްކާ ބައެއްގެ ގޮތުގައ އާއި ކަސްޓަމަރުންނާއި ބަހައްޓާ ގާތް ގުޅުމާއި އިތުބާރާއެކު ހުރިތާކަށް ޑެލިވަރ ކޮށްދިނުމުގައިވެސް ތަފާތު ދައްކާ ބައެއްގެ ގޮތުގައެވެ.

 

ޖާރޒިއާގެ މައިގަނޑު މަޤްސަދަކީ ރަނގަޅު ކޮލިޓީ ޕްރޮޑަކްޓާ އެކީ ރާއްޖޭގެ އެތްލީޓުން މިހާރު ތިބި ހިސާބަށް ވުރެ އާ އިތުރު ހަރުފަތްތަކަށް ގެންގޮސްދިނުން ކަމަށް ޖާރޒިއާ އިން ބުނެއެވެ.



Leave a Comment:

Comments will be published after moderation.