News
މެސީ ގެންނަން ލިވަޕޫލަށް ހަރަދުކުރެވޭކަށް ނެތް: ކޯޗް ކްލޮޕް
29 އޯގަސްޓް 2020
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށާއި މިވަގުތު އެވަރުގެ ހަރަދެއް ކުރެވެން ނެތް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.
ދާދިފަހުން މީޑިއާގައި ކްލޮޕް ބުނީ އެހެންކަމުން މެސީއަށް ލިވަޕޫލުން މިވަގުތު ފުރުސަތު ނެތް ކަމަށެވެ.
މިދިޔަ އަންގާރަދުވަހު ގެ ރޭ މެސީ ވަނީ މި ޓްރާންސްފާ ބާޒާރުގައި ހިލޭ ބާސާ ދޫކޮށް ދެވޭނެ ގޮތަކަށް އޭނާގެ އެއްބަސްވުމަށް ބަދަލުގެނެސް ދިނުމަށް އެދި ބާސާގެ މެނޭޖްމެންޓަށް ހުށަހަޅާފައެވެ.
އެހެންނަމަވެސް ބާސާގެ ސްޕޯޓިންގ ޑިރެކްޓަރ ދާދިފަހުން ބުނެފައިވަނީ މެސީ ދޫކޮށްލަން ބާސާގެ ބޯޑުން ބޭނުން ނުވާ ކަމަށެވެ. އަދި ބޯޑުން މަސައްކަތް ކުރަމުން އަންނަނީ މެސީގެ ކޮންޓްރެކްޓް އާ ކުރުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިހާރު އޮތްގޮތުން ބާސާ އާއި އެކު މެސީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ހޫނު މޫސުމަށެވެ.
ބާސާއިން މެސީ ދޫކޮށްލާ ނަމަ މެސީ ގެންދަން ފާރަލާ ކްލަބުތަކުތެރޭ ގައި ޕީއެސްޖީ، މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް އަދި އިންޓަ މިލާން ހިމެނެއެވެ.
މެސީ ގެންދަން ބޭނުންވާ ޓީމަކުން އެއްބަސްވުން އުވާލުމަށް 70 މިލިއަން ޔޫރޯ ދައްކަން ޖެހޭނެއެވެ. މެސީ ގެންދިއުން އެންމެ ގާތީ ގާޑިއޯލާގެ ސިޓީން ކަމަށް ރިޕޯޓްތައް ބުނެއެވެ.