News
އޭއެފްސީ ކަޕަށް މާޒިޔާއިން ފަރިތަކުރުންތައް ފަށައިފި
28 އޯގަސްޓް 2020
އޭއެފްސީ ކަޕަށް ތައްޔާކުރުމުގެ ގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ފަރިތަކުރުންތައް ފަށައިފިއެވެ.
ކޮވިޑް -19 ފެތުރެމުންދާތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަރިތަކުރުންތަކަށް މާޒިޔާއަށް ހުއްދަ ދިނީ ފުޓްބޯޅް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް ފަރިތަކުރުންތައް ކުރިޔަށް ގެންދާ ގޮތަށެވެ.
މި ހުއްދަ އާއި އެކު ބުރާސްފަތިދުވަހު ހަވީރު މާޒިޔާއިން ވަނީ ފަރިތަކުރުންތައް ފަށާފައެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ މިމަހުގެ ކުރީކޮޅު ހެލްތް އިމަޖެންސީ އޮޕަރޭޝަންގެ އިރުޝާދުގެ ދަށުން އެޗްޕީއޭއިން ވަނީ ޓީމުތަކުގެ ފަރިތަކުރުންތައް ކުރިޔަށް ނުގެންދިއުމަށް އެދިފައެވެ. އެހެންނަމަވެސް މިދިޔަ އަންގާރަ ދުވަހު އެޗްޕީއޭއިން ވަނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބާއި ގައުމީ ފުޓްބޯޅަ ޓީމަށް ފަރިތަކުރުންތަކަށް ހުއްދަ ދީފައެވެ.
މާޒިޔާއިން ފަރިތަކުރުންތައް ފެށިއިރު އޭއެފްސީ ކަޕްގައި ރާއްޖޭން ވާދަކުރާ އަނެއް ޓީމު ޓިސީ ސްޕޯޓްސް ކުލަބުން ފަރިތަކުރުންތައް ފަށާނީ އަންނަ މަހުއެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝީއާއަށް ހާއްސަ ގުރޫޕުގގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައވަނީ މާލޭ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. މެޗުތައް އޮންނާނީ އޮކްޓޯޞަރު 23 އިން ނޮވެމްބަރު 4 އަށެވެ.
މި ގުރޫޕުގައި މާޒިޔާ އާއި ޓީސީއާއި އެކު ދެން ހިމެނޭ ދެޓީމަކީ އިންޑިއާގެ ޗެންނާއީ އެފްސީ އާއި ބަނގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ.