News
ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ 5 މަހަށް ދުވަހަށް މިނިވަން ކޮށްފި
25 އޯގަސްޓް 2020
ވަގު ފާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވި ބްރެޒިލްގެ ކުރީގެ ތަރީ ރޮނާލްޑިނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ ޑި އަސިސް ގޭބަންދުން ފަސް މަސް ދުވަހަށް މިނިވަން ކޮށްފިއެވެ.
ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ މިނިވަން ކުރުމަށްފަހު ފަނޑިޔާރު ވަނީ އެދެމީހުން އެއްކޮށް މިނިވަންވީ ނޫން ކަމަށް ބުނެފައެވެ. މިއާއެކު ރޮނާލްޑީނިއޯ ބޭނުން ގައުމަކަށް ދެވިދާނެ ކަމަށާއި އެހެންނަމަވެސް އެއް އަހަރު ދުވަހުގެތެރޭގައި ދާއިމީ އެޑްރެސް ބަދަލުކުރާނަމަ ކޯޓަށް އަންގަން ޖެހޭނެ ކަމަށް އެ ދެމީހުން މިނިވަން ކުރުމަށްފަހު ފަނޑިޔާރު ގުސްޓާވޯ އަމަރިއްޔާ ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ރޮނާލްޑީނިއޯ އާއި އޭނާގެ ވިޔަފާރި މެނޭޖަޖެއްގެ ގޮތުގައި މަސައްކަތް ކުރާ ބޭބޭ އަށް ޖޫރިމަނާގެ ގޮތުގައި 200،000 އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެއެވެ.
ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ވަނީ ޖަލުގައި އެއްމަސް ދުވަހު ބަންދުގައި ތިބުމަށްފަހު ފެރެގުއޭގެ ވެރިރަށުގެ އަގުބޮޑު ހޮޓަލެއްގައި ގޭ ބަންދުގައި 4 މަސް ހޭދަކޮށްފައެވެ.
ރޮނާލްޑީނިއޯ އާއ އޭނާގެ ބޭބެ ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވާން އުޅޫނީ އެގައުމުގައި ބާއްވާ ކުޑަކުދިންގެ ހައްގުތައް ހިމާޔާތް ކުރާ ޖަމްއިއްޔާއަކުން އެގައުމުގައި ބާއްވާ ކެމްޕޭނެއް ޕްރޮމޮޓްކޮށްދިނުމަށެވެ.
ބެލެވޭ ގޮތުގައި ރޮނާލްޑީނިއޯގެ ބްރެޒިލް ޕާސްޕޯޓް 2018 ވަނަ އަހަރު ހިފަހައްޓާފައިވަނީ އިމާރާތެއް ހެދުމުގައި ތިމާވެއްޓާށް ގެއްލުން ލިބިފައިވާރީ ރޮނާލްޑީނިއޯގެ މައްޗަށް 2.5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް އަމުރު ކުރުމާއި ގުޅިގެންނެވެ.