News

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު މަގާމުން ވަކި ކޮށްފި

22 އޯގަސްޓް 2020






ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)ގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުން އިންގްލެންޑްގެ ޖުދާން އަލީ މަގާމުން ވަކި ކޮށްފި އެވެ.

"ބޯޅަ އެމްވީ" އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މަގާމުން ދޫކޮށްލަން ޖެހުނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އޭނާ މުސާރަ ކުޑަ ކުރުމަށް ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި، އެފްއޭއެމްގެ ހުށަހެޅުމާމެދު ޖުދާންއަށް އެއްބަސް ނުވެވުމުން ކަމަށެވެ.

 

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ދިހަ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް ހަމަޖައްސި ޖުދާން އަށް ހުށަހެޅީ އޭނާގެ މުސާރައިގެ ގޮތުގައި ދޭންޖެހޭ 9000 ޑޮލަރުގެ ބަދަލުގައި 4500 ޑޮލަރެވެ.

 

ބައްސާމް ވިދާޅުވީ ޖުދާން އަށް މުސާރަ ދެމުންދިޔައީ އެފްއޭއެމްގެ ސްޕޮންސަރެއް މެދުވެރިވެގެން ކަމަށާއި ނަމަވެސް ކޮވިޑް19 ގެ ހާލަތު ކުރިމަތިވުމުން އެކަމަށް އެހީތެރިވި ޕާޓްނަރުގެ ފަރާތުން އެ ސްޕޮންސާޝިޕް މަޑުޖައްސާލަން ބޭނުންވެގެން އެކަން އެފްއޭއެމްއަށް އެންގި ހިސާބުން ޖުދާން އާއެކު ވާހަތަށް ފެށި ކަމަށެވެ.


ބައްސާމް ވިދާޅުވީ ޖުދާން މަގާމުން ވަކި ކުރުމުގެ ކުރިން ފީފާގެ މަޝްވަރާ ހޯދެއްދި ކަމަށާއި، ކޮންޓްރެކްޓް ބާތިލު ކުރުމަށް ދޭން ޖެހޭ ނޯޓިސް ދީ، ޖުދާން ވަޒީފާއި ވަކި ކުރީ އެއް މަހުގެ މުސާރަ ވެސް ދިނުމަށް ފަހުގައި ކަމަށެވެ.

އެފްއޭއެމްގެ ހުސްވެފައިވާ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަމަށް މިވަގުތަށް ދިވެއްސަކު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބައްސާމް ވިދާޅުވި އެވެ.

 

 

football Football Association of Maldives

Leave a Comment:

Comments will be published after moderation.