News

ޔޫއެފާ ޗެމްޕިއަންސް ލީގްގެ ފައިނަލަށް ފުރަތަމަ ފަހަރަށް ޕީއެސްޖީ ދަތުރު ކޮށްފި

19 އޯގަސްޓް 2020






ޔޫއެފާ ޗެމްޕިއަންސް ލީގްގެ ފައިނަލަށް ފުރަތަމަ ފަހަރަށް ޕީއެސްޖީ ދަތުރު ކޮށްފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގެ ފައިނަލުން ޕީއެސްޖީން ފުރުސަތު ހޯދީ ރޭ އާރްބީ ލައިޕްޒިގްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުނެވެ. 

ރޭ ކުޅުނު މެޗުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ކުރީ ކޮޅު އެޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އެންހެލް ޑިމާރިއާ ހުރަސްކޮށްދިން ބޯޅައަކުން މެޗުގެ 13 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ މާކީނިއޯސްއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި ލެއިޕްޒީގުގެ ގޯލްކީޕަރު ހެދި ގޯހެއްގެ ފައިދާ ނަގާ، ބްރެޒިލްގެ ތަރި ނޭމާ ދިން ޕާހަކުން މި ލަނޑު ކާާމިޔާބުކޮށްދިނީ މެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި ޑިމާރިއާއެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ޕީއެސްޖީން ރަނގަޅު ކުޅުމެއް ދެއްކިއިރު، ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ. ޑިމާރިއާގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހުއާން ބާނަޓެވެ.

 

ގަތަރު ފައުންޑޭޝަނުން ޕީއެސްޖީ 2011 ވަނަ އަހަރު ގަތުމަށް ފަހު، ބޮޑެތި ހަރަދު ތަކެއް ކޮށްފައިވާއިރު ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލަށް ވުރެ ދުރަށް ޕީއެސްޖީ ދެވިފައެއް ނުވެ އެވެ. 

ގަތަރުގެ ޝާހީ އާއިލާ އާ ގާތް ގުޅުމެއް އޮންނަ ޕީއެސްޖީގެ އެންމެ ބޮޑު ޓާގެޓަކަށް ހެދީ ޔޫރަޕްގެ އެންމެ އެލީޓް ކުލަބުގެ ސަފަށް ޕީއެސްޖީ ގެންދިއުމެވެ.

ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ބަޔާން މިޔުނިކާއި އޮލިމްޕިކް ލިޔޯން މިރޭ ނިކުންނާނެއެވެ.

 

football

Leave a Comment:

Comments will be published after moderation.