News

އުމެއިރު މާޒިޔާއަށް ސޮއިކޮށްފި

19 އޯގަސްޓް 2020






ގްރީން ސްޓްރީޓަށް ކުޅެމުން އައި މުހައްމަދު އުމެެއިރު އަނެއްކާވެސް މާޒިޔާއަށް ބަދަލުވެއްޖެއެވެ. 

 

މާޒިޔާއާއި އެކު މިއަދު އޭނާ ސޮއިކޮށްފައިވަނީ 3އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ. 

 

މިއީ އުމެއިރު މާޒިޔާ އާއި ގުޅުނު 3 ވަނަ ފަހަރެވެ. އޭނާ އެންމެ ފުރަތަމަ މާޒިޔާއަށް ކުޅުނީ 2011ގައެވެ. އޭގެ ފަހުން 2015 ން 2017 އަށް ވެސް މާޒިޔާއަށް ކުޅުނެވެ.

 

މާޒިޔާގާއި މުހިންމު ދައުރެއް އަދާކޮށްފައިވާ އުމެއިރަކި ދިވެހި ފުޓްބޯޅައިގައި ވަރަށް ފާހަގަ ކޮށްލެވޭ ނަމެކެވެ. ދިވެހި ގައުމީ ޓީމުގައިވެސް އޭނާވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެންމެ ފަހުން ފެބްރުއަރީގައި އެކުލަވާލި ގައުމީ ސްކޮޑް ގައިވެސް އުމެއިރު ހިމެނެއެވެ.

 

2006 ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބުން ވިދާލި އުމެއިރު 2009 އަކާއި ހަމައަށް އެ ކުލަބަށް ކުޅުނެވެ. އޭގެ ފަހުން 2010 ގައި ވީބީ ސްޕޯޓްސް ކްލަބަށް ކުޅުނެވެ. ފުރަތަމަ ފަހަރަށް އޭނާ މާޒިޔާ އާއި ގުޅުނީ 2011 ގައެވެ. 2012 ގައި އަނެއްކާވެސް ވިކްޓްރީއަށް ބަދަލުވިއެވެ. 2013 ން 2015 އަށް ކުޅުނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ. 2015 ގައި އަނެއްކާވެސް މާޒިޔާއަށް ކުޅުނު އުމެއިރު ގްރީން ސްޓްރީޓަށް ކުޅުނީ މިދިޔަ ސީޒަނުގައެވެ. 

 



Leave a Comment:

Comments will be published after moderation.