News

ބާސާ ކޮޅަށް ޖެހުމަށް ނެދަލޭންޑްސްގެ ގައުމީ ކޯޗު ކޮއެމަން ގެންނަނީ!

17 އޯގަސްޓް 2020






ބާސެލޯނާގެ ހެޑް ކޯޗުކަމަށް ނެދަލޭންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރޮނާލްޑް ކޮއެމަން .ގެންނަން ނިންމައިފިއެވެ

ޗެމްޕިއަންސް ލީގުގައި ނިކަމެތި ގޮތަކަށް ބާސާ ބަޔާން މިއުނިކް އަތުން ކެޓުމާއި ގުޅިގެން އެޓީމުގެ ހެޑް ކޯޗު ކިކޭ ސެޓިއެން މަގާމުން ވަކިކޮށް އަންނަ ހަފްތާގައި  ނެދަލޭންޑްސްގެ ތަޖްރިބާކާރު ކޯޗު ކޮއެމަން އާއި އެމަގާމު ހަވާލު ކުރާނެ  މީޑިއާ ރިޕޯޓްތައް ބުނެއެވެ.


ރިޕޯޓްތައް ބުނާ ގޮތުން ކޮއެމަން ބާސާއާއި ގުޅުމަށް ނެދަލެންޑްސްގެ ގައުމީ ޓީމު ދޫކޮށްލާނެ އެވެ. އަދި މި ހަފްތާގައި މިކަމާއި ގުޅޭ ރަސްމީ ބަޔާނެއް ބާސާއިން ނެރޭނެއެވެ.

 

2019/20 ލަލީގާ ޗެމްޕިއަންސް ގައި ބާސާ އޮތީ ދެ ވަނައިގައެވެ. އެއީ ރެއާލް މެޑްރިޑަށްވުރެ ފަސް ފޮއިންޓް ފަހަތުގައެވެ. މީގެ ކުރިން ގިނަ ކާމިޔާބީތައް ހޯދަމުން އައި ބާސާ ވަނީ ކޮޕާ ޑެލްރޭ މުބާރާތުން އެތްލެޓިކޯ ބިލްބާއޯ އަތުން ކުއާޓާފައިނަލުން ބަލިވެ މުބާރާތުން ކަޓާފައެވެ. އަދި މިދިޔަ ހުކުރު ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުން ލަދުވެތި ގޮތަކަށް 8-2 ގެ ނަތީޖާއަކުން ބަޔާން މިއުނިކު އަތުން ބަލިވެ ބާސެލޯނާއަށް އެއްވެސް ޓްރޮޕީއެއް ނުލިބި ސީޒަން ނިންމާލަން ޖެހުނެވެ.

 

ރިޕޯޓްތައް ބުނާ ގޮތުން ބާސެލޯނާގެ ރައީސް ޖޯސެޕް މަރީއާ ބާޓޮމެއު އެންމެ ގެންނަން ބޭނުންވާ ކޯޗަކީ ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެވެ.

ބާސާގެ ހެޑްކޯޗުގެ މަގާމަށް ހަމަޖައްސަން ނިންމާފައިވާ ކޮއެމަން އަކީ 1989 ން 1995 އާއި ހަމައަށް ބާސެލޯނާއަށް ކުޅެ ހަތަރު ފަހަރު ލަލީގާގެ ޓައިޓްލް ހޯދައިދިން އެޓީމުގެ ކުރީގެ ޑިފެންޑަރެކެވެ. އަދި 1991/92 ގެ ޔޫރޮޕިއަން ކަޕްގެ ފައިނަލްގައި ބާސާއަށް މުބާރާތް ކާމިޔާބުކޮށްދިން ފަހު ގޯލު ޖަހާދީ އެންމެ ފުރަތަމަ ޓްރޮޕީ އެ ކުލަބަށް ހޯދައިދިން ކުޅުންތެރިޔަކީވެސް އޭނާއެވެ.

 

އޭނާ ވަނީ ބާސާއަށް 350 މެޗު ކުޅެދީ 106 ގޯލް ކާމިޔާބުކޮށްދީފައެވެ. ކޯޗިންގެ ދާއިރާގައި ކޮއެމަން ވަނީ 20 އަހަރު މަސައްކަތްކޮށްފައެވެ. އޭނާ ކޯޗުކޮށްދިން ކުލަބުތަކުގެ ތެރޭގައި އަޔަކްސް، .ވެލެންސިއާ، ޕީއެސްވީ، އެވަޓަން، ސައުތެމްޓަން އަދި ބެންފީކާ ހިމެނެއެވެ



Leave a Comment:

Comments will be published after moderation.