News
އޭއެފްސީ ކަޕް: ރާއްޖޭގައި ކުޅޭ ހުރިހާ މެޗެއް ގަލޮޅު ދަނޑުގައި
15 އޯގަސްޓް 2020
އޭއެފްސީ ކަޕްގައި ރާއްޖެ ހިމެނޭ ގުރޫޕް އީގެ ހުރިހާ މެޗެއް މާލޭގެ ގަލޮޅު ދަނޑުގައި ކުޅޭ ގޮތަށް ހަމަޖައްސާ މެޗުގެ ފައިނަލް ޝެޑިއުލް އޭއެފްސީން އާންމުކޮށްފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން މާޗްމަހު މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ މެޗުތަކުގެ ތެރެއިން ގްރޫޕް ސްޓޭޖްގެ މެޗުތައް އެއް ސްޓޭޑިއަމެއްގައި ކުޅުމަށް އޭއެފްސީން ނިންމީ ކޮވިޑުން ރައްކާތެރިވުމަށް ކުޅުންތެރިންނާއި އޮފިޝަލުންގެ ދަތުރުފަތުރުގެ ކަންކަން މަދުކުރުމަށެވެ. މެޗުތައް ކުޅުމަށް ޝެޑިއުލްކޮށްފައިވަނީ ހަވީރު 15:30 އާއި ރޭގަނޑު 21:30 އަށެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އާއި އޭއެފްސީ އާއި އެކު މަޝްވަރާ ކުރުމަށްފަހު މިހާރު ނިންމާފައިވަނީ އޮކްޓޯބަރާއި ނޮވެމްބަރުގައި ކުޅޭ މެޗުތައް މާލޭގެ ރަސްމީ ދަނޑުގައި ކުޅުމަށެވެ.
ކުރިން ބެލެވިފައި އޮތީ އެއްވަގުތެއްގައި ދެ މެޗެއް ޝެޑިއުލްކޮށްފައި އޮތުމުން ރާއްޖޭގައި ކުޅޭ އެއް މެޗަށް އައްޑޫ ޒޯން ސްޓޭޑިއަމްވެސް ބޭނުން ކުރަން ޖެހިދާނެ ކަމަށެވެ. އެހެންނަމަވެސް މިހާރު އޭއެފްސީން ވަނީ ޝެޑިއުލަށް ބަދަލުގެނެސް ހުރިހާ މެޗެއްވެސް އެއް ދަނޑެއްގައި ކުޅެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.
އޭއެފްސީ ކަޕްގައި ދެކުނު އޭޝިއާގެ ގައުމުތައް ހިމެނޭ ގުރޫފް އީ ގައި ރާއްޖޭގެ ފަރާތުން ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. ދެން މި ގްރޫޕުގައި ހިމެނެނީ ބަނގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީ އެވެ.
އޭއެފްސީ ކަޕް މެދު ކަނޑާލި އިރު މާޒިޔާ އާއި ޓީސީންވެސް ވަނީ މެޗެއް ކުޅެފައެވެެ. މާޒިޔާ އާއި ޗެންނާއީ އެފްސީ ކުޅުނު މެޗުން 2-2 ން ދެޓީމް ވަނި އެއްވަރުވެފައެވެ. ބަޝުންދުރަ އާއި ޓީސީ ކުޅުނުމެޗުން 5-1 ން ޓީސީ ބަލިވީ އެވެ.
އޮކްޓޯބަރު 23 ގައި މެޗުތައް އަލުން ފަށާއިރު އެންމެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ހަވީރު ކުޅޭނީ މާޒިޔާ އާއި ބަޝުންދުރަ ކިންގްސް އެވެ. ޓީސީ އާއި ޗެންނާއީ އެފްސީ ބައްދަލުކުރާ މެޗު އޮންނާނީ ރޭގަނޑު 21:30 ގައެވެ.
މާޒިޔާ ސްޕޯރޓްސް އެންޑް ރިކުރިއޭޝަން ޓީސީ ސ..ކ