News
ޗެމްޕިއަންސް ލީގު: 25 އަހަރަށް ފަހު ޕީއެސްޖީ ސެމީއަށް
13 އޯގަސްޓް 2020
.މެޗު ނިމެން ގާތްވެފައިވަނިކޮށް ޖެހި ދެ ލަނޑާއެލު ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޕީއެސްޖީ ޖާގަ ހޯދައިފިއެވެ
މިއީ މިދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޕީއެސްޖީ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ރޭގެ މެޗުގައި އެންމެ ފުރަތަމަ ގޯލެއް ޖެހީ މެޗުގެ 26 ވަނަ މިނިޓްގައި އެޓަލާންޓާއިންނެވެ. އެޓީމުގެ މާރިއޯ ޕަސަލިޗް ކާމިޔާބުކޮށްދިން މި ގޯލާއި އެކު އެޓަލާންޓާއިން މެޗުގެ ލީޑް ނަގާފައިވަނިކޮށް ފުރަތަމަ ހާފްގެ ކުޅުން ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ ފަހަތުގައި އޮވެގެންނެވެ.
އެހެންނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ޕީއެސްޖީން ގެންދިޔައީ ލަނޑު ޖަހާނެ ފުރުސަތެއް ފަހި ކުރަމުންނެވެ. އެހެންނަމަމެސް އެޓަލާންޓާއިން އެ ހަމަލާތައް ދިފާއުކޮށް މެޗު ނިމެން ގާތްވި އިރުވެސް ޕީއެސްޖީއަށް ލަނޑެއް ނުޖެހެއެވެ.
މެޗުގެ ފަހު މިނިޓްގައި ޕީއެސްޖީން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޕީއެސްޖީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ނޭމާ ފަހިކޮށްދިން ބޯޅައަކުން މާކުއިނިއޯސް އެވެ. ދެވަނަ ހާފް ނިމިގެން ދިން އިތުރު ވަގުތުގައި ޕީީއެސްޖީ މޮޅުކޮށްދިނީ ޕޯވާޑް އެރިކް މެކްސިމް ކާމިޔާބުކޮށްދިން ގޯލަކުންނެވެ.
ފަހުވަގުތުކޮޅުގެ ތެރޭގައި ނަތީޖާ ބަލަދުކޮށްލި ރޭގެ މެޗަކީ ޕީއެސްޖީއަށް ވަރަށް ފާހަގަކޮށްލެވޭ މެޗެކެވެ. ސަބަބަކީ 1995 ގައި އޭސީ މިލާނާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ކުޅުނު ފަހުން މިވީހާ ދުވަހު އެޓީމަށް ސެމީއާއި ހަމައަށް އާދެވިފައި ނުވާތީ އެވެ.