News
"ކުޅިވަރުތައް އަލުންފެށޭނެ ގޮތެއް ހަމަޖައްސައިދީ، އާމްދަނީ ލިބޭ މަގަކީ މިއީ"
13 އޯގަސްޓް 2020
ނިއުނޯމަލް ހާލަތުގައި ކުޅިވަރުތައް ފެށުމަށް ގައިޑްލައިންތަކެއް އެކުލަވާލާ އަލުން ކުޅިވަރުތައް ފެށޭނެ ގޮތެއް ހަދައިދިނުމަށް މާޒިޔާގެ ހެޑް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ ) ގޮވާލައިފިއެވެ.
ކުޅިވަރުތައް މަނާކޮށްފައި އޮތުން ގިނަ ކުޅުންތެރިންނާއި އޮފިޝަލުން އުޅެނީ ހާލުގައިކަމަށް ނިޒާމްބެ ފާހަގަކުރެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ފެބްރުއަރީ ފެށިގެން ގިނަ މީހުން އެއްވެގެން ބާއްވާ ކުޅިވަރުތައް ހުއްޓާލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގި އިރު ރާއްޖޭގެ ފުޓްބޯޅައިގެ ހަރަކާތްތަކާއި ފިޓްނެސް ސެންޓަރުތައް ނުވަތަ ޖިމްތައްވެސް ހުއްޓުވިއެވެ.
އޭގެ ފަހުން ޖުލައިމަހުގެތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަލުން ޓީމުތަކަށް ޕްރެކްޓިސްތައް ފެށުމުގެ ހުއްދަވެސް ދިނެވެ. ރައްކާތެރިކަމުގެ މިންގަނޑުތައް ކަށަވަރުކޮށްގެން އަލުން ބިންތައް ހުޅުވުމުގެ ހުއްދަވެސް ދިނެވެ.
އެހެންނަމަވެސް މާގިނަ ދުވަސްތަކެއް ނުވަނީސް ކޮވިޑް-19 ފެތުރުން މާލެތެރޭގައި މާ ބޮޑަށް އިތުރުވާން ފެށުމުން 04 އޮގަސްޓް ގައި އެޗްޕީއޭއިން އަނެއްކާވެސް ޓީމު ކުޅިވަރުތަކާއި މުބާރާތްތައް އަދި ޓިމުތަކުގެ ޕްރެކްޓިސްތައްވެސް ހުއްޓުވިއެވެ.
މިކަމުގެ ސަބަބުން ކުޅިވަރު ކުޅުންތެރިންނާއި ޓީމުތަކަށް މާލީގޮތުން ދަތިކަން ފޯރާފައިވާތާ މިހާރު މިވަނީ 7 މަސް ދުވަސް ކަމަށް ފާހަގަކޮށް ރާއްޖޭގެ ތަޖްރިބާކާރު ފުޓްބޯޅަ ކޯޗު ނިޒާމްބެ މިވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނިޒާމްބެގެ ކަންބޮޑުވުން ސޯޝަލްމީޑިއަށް ދޫކޮށްލީ މިދިޔަ ހޯމަދުވަހު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިން ގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި އެއްޗަކާއި ގުޅިގެންނެވެ. ނޫސްވެރިއެއްގެހުނޫސްވެރިއެއް ގެ ސުވާލާކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވި ބިންތައް ހުޅުވަން ހުއްދަދިހުއްދަ ވިޔަފާރިއަކަށް ވާތީ ކަމަށާއި ކޮވިޑް-19 އާއި ގުޅޭ ފިޔަވަޅުތައް އަޅަމުން އަންނަނީ ވިޔަފާރިތަކަށް ގެއްލުން ނުވާނެހެން ކަމަށެވެ.
ނިޒާމްގެ ކަންބޮޑުވުމުގައި ބުނެފައިވަނީ "ޓީމު ކުޅިވަރުތަކަކީ ގިނަ ކުުުުުުޅުންތެރިންނާއި އޮފިޝަލުންނަށް އާމްދަނީލިބޭ މަގަކީ މިއީކަން އެޗްޕީއޭއަށް ސާފުކޮށްދޭން ޖެހޭ، މީގެ އެއްވެސް ބަޔަކީ ސަރުކާރުގެ ރިލީފް ފަންޑުން ނުވަތަ ޕެންޑަމިކް ލޯނުތަކަށް ޝަރުތުހަމަވާ ބައެއް ނޫން، ހާހެއްހާ ކުޅުންތެރިންނާއި އޮފިޝަލުންގެ ހައްގުގައި ކޮންމެވެސް ފަރާތަކުން މިކަން ބަލާދީ ގޮތެއް ހަދާދިނުމަކީ އަހަރުމެންގެ ރިކުއެސްޓެއް" ކަމަށެވެ.
މި ރިކުއެސްޓާއި އެކު ނިޒާމްބެ ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް، މުހައްމަދު ޝަވީދު އަދި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް، ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާއިލް އާއި މުހައްމަދު ޝަވީދު ޓެގް ކޮށްފައެވެ.