News

ޔުރޮޕާ ލީގު: ސެމީފައިނަލުން އިންޓަ މިލާންވެސް ޖާގަ ކަށަވަރުކޮށްފި

11 އޯގަސްޓް 2020






ލުކާކޫގެ ރެކޯޑާއި އެކު އިންޓަމިލާނުން ޔުރޮޕާ ލީގުގެ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

 

މިއަދު ކުއާޓާފައިނަލްގައި އިންޓަމިލާން އާއި ބަޔާ ލެވާކުސަން ބައްދަލުކުރި މެޗު އިންޓަ އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން ނެވެ.

 

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 15 ވަނަ މިނިޓްގައި އިންޓަގެ ނިކޮލޯ ބަރެއްލާ އެވެ. އޭގެފަހުން ލުކާކޫ ވަނީ 21 ވަނަ މިނިޓްގައި ދެވަނަ ލަނޑު ޖަހާފައެވެ.

ލެވަކުސަންގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ކައި ހަވޭޓްޒް އެވެ. 

 

ރޭގެ މެޗުގައި ލުކާކޫ ރެކޯޑެއް ހަދާފައިވަނީ  ލީގުގެ ނުވަ މެޗުގައި ލަނޑު ޖަހައިގެންނެވެ. އޭނާ ވަނީ މި ސީޒަނުގައި ޖުމަލް 31 ލަނޑު ޖަހާފައެވެ. 


އިންޓާ މިލާނުން ސެމީ ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ ކުއާޓާފައިނަލްގައި މިރޭ ބަސެލް އާއި ޝާކްޓާރާ ކުޅޭ މެޗުން މޮޅުވާ ޓީމަކާއެކުއެވެ.

 

އިންޓަ އިން 2011 ގައި ކޮޕާ އިޓާލިއާ ކާމިޔާބުކުރިފަހުން އެޓީމުން ހޯދާ ފުރަތަމަ ޓްރޮޕީ ހޯދުމާ ގާތަށް ޖެހިލާފައިވާ އިންޓައަށް ޓްރޮޕީ ހޯދަން އަދި ދެމެޗު ކުޅެން ޖެހޭނެ އެވެ. 



Leave a Comment:

Comments will be published after moderation.