News
ޔުވެންޓަސްގެ މެދުތެރެއަށް ބަދަލުގެންނަށް ޕިރްލޯ ބޭނުންވޭ؟
11 އޯގަސްޓް 2020
ޔުވެންޓަސްގެ އާ ކޯޗު އަންދްރޭ ޕިރްލޯގެ އިރުޝާދުގެ ދަށުން ޓީީމުގެ ފޯމޭޝަނަށް ބަދަލުތަކެއް އަންނާނެ ކަމަށް އެ ކުލަބާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެގޮތުން ބަދަލުތައް ފެންނާނީ ޔުވެންޓަސްގެ މެދުތެރެއަށް ބަދަލުތައް ގެނެސް މިހާރު މެތެރެއަށް ކުޅޭ ބައެއް ކުޅުންތެރިން ބާކީކުރުމަށްފަހު ބައެއް އާ ކުޅުންތެރިން ކުލަބަށް ގެނައުމަށް ޕިރްލޯ
ހުށަހަޅާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
ބާކީ ކުރާ ކުޅުންތެރިންގެ ތެރޭގައި ފޯވާޑް ގޮންޒާލޯ އާއި ބްލައިސް މަޓުއިޑީ އާއި އާރޮން ރަމްސޭ ހިމެނެއެވެ. ކުލަބަށް ގެނައުމަށް މަސައްކަތް ކުރާ ކުޅުންތެރިންގެ ތެރޭގައި އާސެނަލުން ދޫކޮށްލަން ނިންމާފައިވާ މެސެޓް އޮޒިލް އާއި ރެއަލްމެޑްރިޑްގެ މިޑްޕީލްޑަރ އިސްކޯ އާއި ނަޕޯލީގެ މިލިކް ހިމެނެއެވެ.
އިޓާލިއަން ލީގު 9 ފަހަރަށް ކާމިޔާބުކޮށްފައިވާ ޔުވެންޓަސްއިން ވަނީ ކުރީގެ ކޯޗު ސާރީ މަގާމުން ވަކިކޮށްފައެވެ. އަދި އޭގެ ހަފްތާއެއްހާދުވަސް ފަހުން ކޯޗިންގެ ދާއިރާގެ ތަޖްރިބާއެއް ނެތް އެހެންނަމަވެސް ދަނޑުގައި މަޝްހޫރުކަން ހޯދާ މޮޅުކުޅުމެއް ދެއްކި ޔުވެންޓަސްގެ ލެޖެންޑަރީ ކުޅުންތެރިޔާ ޕިރްލޯ އަށް ސީނިއާ ޓީމުގެ ކޯޗުކަން ހަވާލުކޮށްފައެވެ.
ޔުވެންޓަސްއިން ބުނެފައިވަނީ ކުޅުންތެރިއެއްގެ ހައިސިއްޔަތުން އޭނާ ޔުވެންޓަސްއަށް މަސައްކަތް ކޮށްދިން ގޮތަށް ކޯޗެއްގެ ހައިސިއްޔަތުންވެސް މަސައްކަތްކޮށްދޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އޭނާ އާއި މެދު އިތުބާރު އެބައޮތް ކަމަށެވެ.
ޕިރްލޯ އަކީ އޭސީ މިލާނުގައި ގިނަ ދުވަސްތަކެއް ހޭދަކޮށް އެޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދާދިނުމަށްފަހު ޔުވެންޓަސް އާއި ގުޅި އެޓީމަށްވެސް ގިނަ ކާމިޔާބީތައް ހޯދައިދިން 22 އަހަރުދުވަހުގެ ތަޖްރިބާ ހުރި މޮޅު ކުޅުންތެރިއެވެ. އޭނާ ކުޅުން ހުއްޓާލީ 2017 ގައެވެ.