News

އެތްލެޓިކޯގެ ދެ ކުޅުންތެރިންނަށް ކޮވިޑް-19 ޖެހިއްޖެ

10 އޯގަސްޓް 2020







  • ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ތައްޔާރުވެފައިވަނިކޮށް އެތްލެޑިކޯ މެޑްރިޑްގެ ދެ ކުޅުންތެރިން ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވެއްޖެއެވެ.


ބުރާސްފަތި ދުވަހު ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި ބާއްވާ ކުއާޓާފައިނަލްގައި އެތްލެޓިކޯ މެޑްރިޑް ނިކުންނާނީ އާރްބީ ލިޕްޒިގްއާއި ދެކޮޅަށެވެ.


ޕޮސިޓިވް ކޭސްތައް ހޯދިފައިވަނީ ކުއާޓާފައިނަލަށް ކަނޑައަޅާފައިވާ ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިންނާއި ކްލަބުގެ ސްޓާފުން ލިސްބަންއަށް ދަތުރުކުރުމަށް މެޑްރިޑްގައި ހެދި ޓެސްޓުންނެވެ.


އެ ދެކުޅުންތެރިނާއި އެންމެ ގާތުން ބައްދަލުވި ކުޅުންތެރިން ނުވަތަ ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނު ފަރާތްތައްކޮރޯނާވައިރަހަށް ޓެސްޓް ކުރުމަށް ނިންމާފައިވާއިރު ޕޮޒިޓިވްވި ދެކުޅުންތެރިން  މިވަގުތު ތިބީ ސެލްފް އައިސޮލޭޝަންގައި ކަމަށް ކުލަބުން ބުނެއެވެ.

   

އެތްލެޓިކޯއިން ބުނީ އެޓީމުގެ ދެ ކުޅުންތެރިން ވައިރަހަށް ޕޮސިޓިވްވުމާއި ގުޅިގެން ދެން ޓީމުގެ ޓްރޭނިންޝެޑިއުލަށް ބަދަލުތައް އަންނާނެ ކަމަށާއި ޕޯޗުގީޒް ކެޕިޓަލްގައި އެޓީމުގެ އެކޮމޮޑޭޝަން ހަމަޖެހިފައިވާގޮތަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ..

 
ކޮރޯނާވައިރަހަށް ޕޮސިޓިވްވީ ކޮން ދެ ކުޅުންތެރިންނެއް ކަމެއް އެތްލެޓިކޯއިން ހާމައެއް  ނުކުރެއެވެ.

 

 އެ ކުލަބުން ވަރަށް އަވަހަށް ޔުއެފާއާއި އެކު އާ  ޝެޑިއުލާއި ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށާއި، އެ ކުލަބުގެ އާ ފްލޭން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.

 

އަދި އެ ކުލަބުން ކޮރޯނާ ވައިރަހަށް ޕިޒިޓިވްވި ދެ ކުޅުންތެރިންގެ އައިޑެންޓިޓީއާއި މެދު އިހްތިރާމް ކުރުމަށްވެސް އެ ކްލަބުން ވަނީ އެދިފައެވެ.

 

ކޮރޯނާ ވައިރަހުގެ އާލަމީ ވަބާއާއި ގުޅިގެން ޗެމްޕިއަންސް ލީގު ނިންމާލަން ހަމަޖެހިފައިވަނީ ސަޕޯޓަރުން ނުވައްދާ ސްޓޭޑިއަމް ބަންދުކޮށްގެން ފައިނަލް އަށް ޓޯނަމަންޓް ލިސްބަންގައެވެ.

 



Leave a Comment:

Comments will be published after moderation.