News

ދެކުނު އޭޝިއާ ސަރަހައްދުގެ މުބާރާތްތައް އިތުރުކުރުމަށް މަޝްވަރާކޮށްފި

9 އޯގަސްޓް 2020






ފީފާގެ އެހީތެރިކަމާއެކު ދެކުނު އޭޝިއާގައި އިތުރު ފުޓްބޯޅަ މުބާރާތްތައް ބޭއްވުމާއި ބެހޭގޮތުން ކަމާގުޅޭ ފަރާތްތަކުން މަޝްވަރާކޮށްފިއެވެ.

 

މި ސަރަހައްދުގައި ބާއްވާ މުބާރާތްތައް އިތުރުކުރުމާއި ގުޅޭ ގޮތުން ފީފާ އާއި އޭއެފްސީން މަޝްވަރާތައް ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ވީޑީއޯ ކޮންފަރެންސިންގެ ޒައިރައްޔާއިންނެވެ.

 

މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އޭއެފްސީގެ ރައީސް ޝެއިހް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ، އަދި މިސަރަހައްދުގެ ފުޓްބޯޅަ  އެސޯސިއޭޝަންތަކުގެ އިސްވެރިންނެވެ. ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. 

 

ދެކުނު އޭޝިއާގެ ފުޓްބޯޅަ ކުރިއެރުވުމާއި ގުޅޭ މި މަޝްވަރާތައް ކުރިޔަށް ގެންދިޔަ މި އޮންލައިން ބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާ ކުރެވުނީ ސާފް ގައުމުތަކުގެ މެދުގައި ބާއްވާ ފުޓްބޯޅަ

މުބާރާތްތައް އިތުރުކުރުމަށާއި ދެ ޖިންސުގެ މުބާރާތްތަކާއި ކްލަބް ލެވެލް އަދި ސީނިއާ ގައުމީ ޓީމުތަކާއި އެހެނިހެން އުމުރުފުރާތަކުގެ މެދުގައި ބާއްވާ މުބާރާތްތައް މިހާރަށްވުރެ އިތުރުކުރުމަށެވެ.

 

ފީފާއިން މި ސަރަހައްދުގެ މުބާރާތްތައް އިތުރު ކުރުމަށް މަޝްވަރާތައް ބޭއްވިއިރު މިވަގުތު މި ސަރަހައްދުގައި ބާއްވާ ބޮޑެތި މުބާރާތްތަކަކީ ސާފް ޗެމްޕިއަންޝިޕާއި ސައުތު އޭޝިއަން ގޭމްސް

އެކަންޏެވެ.



Leave a Comment:

Comments will be published after moderation.