News
މަހިބަދޫ ވެޓްރެންސް ކަޕް: ޗެމްޕިއަނަކަށް 'ދަ ޖޯލި'
6 އޯގަސްޓް 2020
އދ.މަހިބަދޫގައި ކުރިޔަށް ގެންދިޔަ 2 ވަނަ ވެޓްރެންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 'ދަ ޖޯލި' ޓީމުން ހޯދައިފިއެވެ.
'ދަ ވާނުވާ' އާއި ދަ ޖޯލި' އިއްޔެ ބައްދަލުކުރި ފައިނަލް މެޗުގައި ދަ ޖޯލިން ޗެމްޕިއަންކަން ހޯދީ 3-0 ން ވާނުވާ ބަލިކޮށްގެންނެވެ.
ޖޯލި ޓީމަށް އެންމެ ފުރަތަމަ ލަނޑެއް ޖަހާ މެޗުގެ ލީޑްނެގީ ފުރަތަމަހާފް ފެށިގެން 10 ވަނަ މިނިޓްގައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް ނިޒާމެވެ.
އެއަށްފަހު ދެވަނަ ހާފްގެ 14 ވަނަ މިނިޓްގައި ހާލިދު ގާސިމް ވަނީ ދަ ޖޯލި ޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ. ދެވަނަ ހާފުގެ 22 ވަނަ މިނިޓްގައި އަނެއްކާވެސް ދަ ޖޯލިން ވަނީ ވާނުވާގެ ގޯލަށް ނުރައްކާކޮށް 3 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު ޖަހާދިނީ އިސްމާއިލް ފަހްމީއެވެ.
އިއްޔެ ކުޅުނު ފައިނަލްމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދަ ޖޯލީގެ އާދަމް ސަމީރެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ ވާނުވާއެވެ.
މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔަކަށް ހޮވުނީ ދަ ޖޯލީގެ އަބުދުﷲ ޒައީމް އާއި ވާނުވާގެ މުހައްމަދު ރިފްއަތެވެ.
މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާ ނުވަތަ މޭޏް އޮފް ދަ ޓޯނަމަންޓްގެ މަގާމު ލިބުނީ ދަ ޖޯލީގެ އަލީ އަހްތަރަށެވެ.