News

ފުވައްމުލަކު ސްވިމިންޕޫލާއި ގުޅޭ މަޝްވަރާތައް ބާއްވައިފި

6 އޯގަސްޓް 2020






ފުވައްމުލައް ސިޓީގައި ސްވިމިންގ ޕޫލެއް އެޅުމަށް ކުޅީވަރާ ބެހޭ ވަޒީރާ އެކު އެސިޓީގެ މަޖިލީސް މެންބަރުން މަޝްވަރާ ކުރައްވައިފިއެވެ.

 

މިފަދަ މަޝްވަރާތަކެއް ކުރިޔަށް ގެންދިވެކަމަށް ހާމަކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައެވެ. މަހްލޫފް ވިދާޅުވީ ފުވައްމުލައް ސިޓީގައި ސްވިމިން ޕޫލް އެޅެމުގެ މަސައްކަތް ކޮށްދޭނީ އިންޑިއާއިން ކަމަށާއި، މިއީ އިންޑީއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާނެ މަސައްކަތެއް ކަމަށެވެ.

 

މިނިސްޓަރ މަހްލޫފާއި އެކު މަޝްވަރާގައި ބައިވެވަޑައިގެންނެވީ ފުވައްމުލައް ސިޓީގެ ދާއިރާތައް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އިންޑީއަ ހައިކޮމިޝަނުގެ އިސްވެރިންނެވެ.

 

އާންމުކޮށް މޫދަށް އެރެވޭނެ އޮއި މަޑު ދިމާއެއް ނޯންނަ ފުވައްމުލަކަކީ ގުދުރަތީ ގޮތުން އެހެން ރަށްރަށާއި ވަރަށް ތަފާތު ރަށެކެވެ. ފަސޭހައިން މޫދަށް އެރިލެވޭނެ ގޮތެއް ނެތުމާއިއެކު ސްވިމިންޕޫލެއް ތަރައްގީކުރުމަކީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދިއެދި ތިބި ކަމެކެވެ.


އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ސްވިމިންޕޫލް އެޅުމަށް މަޝްވަރާކުރާއިރު އިންޑިއާ އަކީ ރާއްޖޭޣެ އުމްރާނީ ތަރައްގީއަށް ހާއްސަކޮށް ކުޅީވަރު ފެސިލިޓީތައް ގާއިމުކުރުމުގައި ވަރަށް ގިނަ އެހީތައް ވެދޭ ގައުމެކެވެ. ފާހަގަކޮށްލެވޭ މިފަދަ ބައެއް ކަންކަމަށް ބަލާއިރު އިންޑިއާއިން ވަނީ ރާއްޖޭގައި 61 އައުޓްޑޯ ޖިމް ތަރައްގީކުރުމަށް ބޭނުންވާ އާލާތްތައް ރާއްޖެއަށް ގެނެސްފައެވެ.

 

ފުވައްމުލައް ސިޓީގައި ސްވިމިން ޕޫލު އަޅަން މަޝްވަރާތައް ކުރިޔަށް ދާއިރު ސަރުކާރުން އަމާޒު ހިފާފައިވަނީ މާލެ ސިޓީގައި ގާއިމު ކުރާ އޮަލިމްޕިކް ސައިޒްގެ ސްވިމިންޕޫލުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމުމަށެވެ.

 

އެ ޕޫލުުގެ މަސައްކަތް ކުރިޔަށްދާ މިންވަރަށް ބަލާއިރު ސްވިމިންޕޫލު އަޅަށް ކަނޑައަޅާފައިވާ ބިން ސާފުކުރުމުގެ މަސައްކަތް ނޫން އެހެން އަމަލީ މަސައްކަތެއް އަދި ނުފެށެއެވެ. މަސައްކަތް އެކަށީގެންވާ ހަލުވިމިނުގައި ކުރިޔަށް ނުދަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މަސައްކަތް ހުއްޓިފައި އޮތުމުންނެވެ.

 



Leave a Comment:

Comments will be published after moderation.