News
މަހިބަދޫ ވެޓްރެންސް ކަޕް: ވާނުވާ އާއި ޖޯލި ފައިނަލަށް
4 އޯގަސްޓް 2020
އދ. މަހިބަދޫގައި އަލްހާ އީދާއި ދިމާކޮށް ކުރިޔަށް ގެންދާ 2 ވަނަ ވެޓްރެންސް ފުޓްބޯޅަ މުބާރާތުގައި ވާނުވާ އާއި ދަ ޖޯލި ޓީމުން ފައިނަލަށް ހިނގައްޖެއެވެ.
ވާނުވާ އާއި ދަ ޖޯލި ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ ބުދަދުވަހު ހަވީރު 4:30 ގައެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ވާނުވާއިން ފައިނަލްގެ ޖާގަ ކަށަވަރު ކުރީ 4-0 އިން އެފްސީ ލަޔަންސް ބަލިކޮށްގެންނެވެ.
އިއްޔެގެ މެޗުގައި ވާނުވާއަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 12 ވަނަ މިނިޓްގައި މުހައްމަދު މުއާވިޔަތެވެ. ދެވަނަ ލަނޑު ޖަހައިދިނީ ދެވަނަ ހާފް ފެށިގެން 2 ވަނަ މިނިޓްގައި ވާނުވާގެ ޖޯޒީ ނަމްބަރު 32، އަބުދުއްޝުކޫރެވެ. ވާނުވާގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ މެޗުގެ 6 ވަނަ މިނިޓްގައި އަބްދުއްޝުކޫރެވެ. މެޗުގެ ދެވަނަ ހާފްގެ 21 ވަނަ މިނިޓްގައި މުހައްމަދުު ރިފްއަތް ވަނީ ވާނުވާއަށް 4 ވަނަ ގޯލު ކާމިޔާބުކޮށްދީ އެފްސީ ލަޔަންއަށް އޮތް ލަނޑެއް ޖެހުމަށް އޮތް ފުރުސަތު މުޅިން ގެއްލުވާލާފައެވެ.
އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވާނުވާއަށް ދެ ލަނޑު ޖަހައިދިން އަބުދުއްޝުކޫރެވެ. ދަ ޖޯލި ފައިނަލަށް ދިޔައީ 2-0 ން އެފްސީ ލެޖެންޑް ބަލިކޮށްގެންނެވެ. އެ މެޗުގައި ޖޯލި ޓީމަށް ލަނޑުތައް ޖަހައިދިނީ އިސްމާއިލް ފަހްމީ އާއިިިިިިިިިި އަބްދުﷲ ޒައީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދަ ޖޯލީގެ އަހްތަރެވެ.
football