News

ރާއްޖޭގެ އެއްވަނަ ނަމްބަރު ކުޅުންތެރިޔާ ޓީސީގައި މަޑުކުރަނީ

30 ޖުލައި 2020






ރާއްޖޭގެ ފުޓްބޯޅައިގައި 'އަޔަން މޭން' ނުވަތަ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަންނަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި މަޑުކުރަން ނިންމައިފިއެވެ.

 

މިދިޔަ ސީޒަނުގައި ދަގަނޑޭ ކުޅުނީ ގްރީން ސްޓްރީޓްސް އަށެވެ. ޖެނުއަރީ 2020 ގައި އޭނާ ޓީސީއަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން ނަމަވެސް މިހާރު އޭނާއާއި އެކު ގްރީން ސްޓްރީޓުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ ދެން ދަނގަޑޭ އެނބުރި ގްރީންއަށް ދާކަށް ނުޖެހޭނެ އެވެ. ދަނގަޑޭ ޓީސީއަށް ބަދަލުވި އިރު އޭނާ އަކީ ގްރީން ސްޓްރީޓް ކްލަބުގެ ކެޕްޓަނެވެ. 

 

ޓީސީ އަށް ބަދަލުވި ދަގަނޑޭގެ ގްރީން ސްޓްރީޓްގެ ކޮންޓްރެކް މިހާރު ވަނީ ހަމަ ވެފައެވެ.އެހެންކަމުން އަންނަ ސީޒަނުގައިވެސް އޭނާ ފެންނާނީ ޓިސީގެ ޖޯޒީގައެވެ. ޓީސީ އަކީ އޭއެފްސީ ކަޕްގައިވެސް ރާއްޖޭން ވާދަކުރާ މޮޅު ޓީމަކަށްވެފައި ދަގަނޑޭ އެޓީމުގައި މަޑުކުރަން ނިންމި ނިންމުމަކީ އެޓީމަށް ލިބޭ އިތުރު އެޑްވާންޓޭޖެކެވެ. 

 

Ali Ashfag (Dhagey) Club Green Streets TC Sports Club

Leave a Comment:

Comments will be published after moderation.