News

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޔުވެންޓަސްއަށް

27 ޖުލައި 2020






ޔުވެންޓަސްއިން ޖެހިޖެހިގެން 9 ވަނަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބުކޮށްފި އެވެ. 

 

ޔުވެންޓަސްއިން ލީގު ކާމިޔާބުކުރީ ރޭ ސަމްޕްޑޯރިއާ އާއި ބައްދަލުކުރި މެޗުން 2-0 ކުން މެޗު ކާމިޔާބުކޮށް ބާކީ ދެ މެޗު އޮއްވާ 83 ޕޮއިންޓް ހަމަކޮށްގެންނެވެ.   

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ލަނޑު ޖަހާދިނީ 45 ވަނަ މިނިޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. 

 

77 ވަނަ މިނިޓްގައި ދެވަނަ ލަނޑު ޖަހައިދިނީ ފެޑެރިކޯ ބާނަޑޮސްކީ އެވެ. ރޮނާލްޑޯ ރޭ ޖަހައިދިން ލަނޑާއެކު އޭނާވަނީ ލީގުގައި ޖުމްލަ 31 ލަނޑު ޖަހާފައެވެ. 

 

ރޭގެ މެޗަށްފަހު ރޮނާލްޑޯ ބުނީ މިއީ ސަޕޯޓަރުންނަށް ހާއްސަ ތައްޓެއް ކަމަށެވެ. 

 

މިއީ ޔުވެންޓަސްއިން އިޓާލިއަން ލީގު ކާމިޔާބު ކުރި 36ވަނަ ފަހަރެވެ. 76 ޕޮއިންޓާއެކު ދެވަނައިގައި އޮތީ އިންޓަ މިލާން އެވެ. 75 ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ އެޓްލާންޓާ އެވެ. 

 

2012 ވަނަ އަހަރުން ފެށިގެން ޔުވެންޓަސް ނޫން އެހެން ޓީމަކަށް ލީގު ހޯދި ފައެއް ނުވެއެވެ. 2011ގައި ލީގު ކާމިޔާބު ކުރީ އޭސީމިލާން އެވެ.  

 



Leave a Comment:

Comments will be published after moderation.