News

ސޯޝަލް ސެންޓަރުގައި އައިސްބާތް ފެސެލިޓީއެއް

23 ޖުލައި 2020






މިނިސްްްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން މާލޭގެ ސޯޝަލް ސެންޓަރުގައި އައިސް ބާތް ފެސިލިޓީއެއް ގާއިމްކޮށްފި އެވެ.

 

މިފެސިލިޓީގެ މަސައްކަތް ނިމިފައިވާކަން ހާމަ ކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައެވެ.

 

އައިސް ބާތް ފެސިލިޓީއެއް ރާއްޖޭގެ ގާއިމް ކުރުމަކީ  އެތްލީޓުން ގެ ވަރަށް ބޮޑު އުންމީދެކެވެ. މިނިސްޓަރ މަހްލޫފް ވިދާޅުވީ މިއީ އެތްލީޓުން ގެ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއްކަމަށާއި މިކަމަށް ނިމުމެއް ގެނެވުމަކީ ވަރަށް އުފާކުރައްވާކަމެއް ކަމަށެވެ.  

 

 އައިސް ބާތް ފެސިލިޓީއަކީ އެތްލީޓުންގެ  ރިކަވަރީއަށް ބޭނުން ކުރާ ފެސިލިޓީއެކެވެ. މިނިސްޓަރ ވިދާޅުވި މިއީ ދިވެހި އެތްލީޓުން ގެ ރިކަވަރީއަށް އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށެވެ.



Leave a Comment:

Comments will be published after moderation.