News

އެފްއޭކަޕްގެ ޝެޑިއުލާއި މެދު ޔުނައިޓެޑްގެ ކަންބޮޑުވުން

16 ޖުލައި 2020






އިނގިރޭސި އެފްއޭ ކަޕްގެ ޝެޑިއުލަކީ މެންޗެސްޓާ ޔުނައިޓެޑަށް އިންސާފުވެރިކޮށް ހަދާފައިވާ ޝެޑިއުލެއް ނޫން ކަމަށް ބުނެ އެ ކްލަބުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.


މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް އެލެ ގުނަ ސޯލްޝެއާ ބުނީ ކޮރޯނާވައިރަހުގެ ބަލިމަޑުކަން ޖެހުމުގެ ކުރިންނާއި ފަހުންވެސް އެފްއޭކަޕްގެ ޝެޑިއުލް ރާވާފައި އޮތީ އެޓީމަށް އިންސާފުވެރިކޮށް ނޫން ކަމަށެވެ.

 

އޭނާ އެހެން ބުނީ މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާގެ ޓީމުން މިރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލެސްއާއި ދެކޮޅަށް މެޗެއް ކުޅެން ޖެހޭ އިރު އަންނަ އާދިއްތަ ދުވަހު އެފްއޭ ކަޕްގެ ސެމީ ފައިނަލްގައިވެސް ޔުނައިޓެޑަށް ޗެލްސީ އާއި ދެކޮޅަށް މެޗެއް ކުޅެން ޖެހޭތީ އެވެ.

 

އެހެންކަމުން އެފްއޭކަޕްގެ ސެމީ ފައިނަލް މެޗަށް ޗެލްސީއާއި ދެކޮޅަށް ނިކުންނަށް ތައްޔާރުވާން ޔުނައިޓެޑަށް ލިބޭ ވަގުތު މަދުވެފައި ޗެލްސީއަށް އިތުރު ދެދުވަސް ތައްޔާރުވާން ލިބޭތީ އެވެ.  
ޗެލްސީއަށް ސެމީގެ ކުރިން ތައްޔާރުވާން އިތުރު ވަގުތު ލިބޭއިރު ޔުނައިޑެޓަށް ކައިރި ކައިރީގައި ގިނަ މެޗުތައް ކުޅެން ޖެހުމުން އެޓީމުގެ ކުޅުންތެރިންނަށް އެފްއޭކަޕްގެ ސެމީއަށް ތައްޔާރުވާން ލިބޭ ވަގުތު ކުޑަވާތީ ސޯލްޝެއާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.


ޔުނައިޓެޑުން މިރޭ ޕްރިމިއާ ލީގުގެ މެޗަކަށް ނިކުންނައިރުވެސް 3 ކުޅުންތެރިއަކަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެއެވެ. އެއީ ފޯވާޑް މޭސަން ގްރީންވުޑް އާއި ލޫކް ޝޯ އާއި ބްރެންޑަން ވިލިއަމްސްއެވެ.


މިވަގުތި އިނގިރޭސި ޕްރިމިއާ ލީގުގެ 5 ވަނައިގައި އޮތް ޔުނައިޓެޑުން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުން އަންނަ ސީޒަނުގެ ޖާގައެއް ކަށަވަރުކުރުމަށް އަމާޒު ހިފާފައެވެ. އެޓީމުން ޕްރިމިއާ ލީގުގައި ކުޅުނު 35 މެޗުން މިހާތަނަށް ލިބިފައިވަނީ 59 ޕޮއިންޓެވެ.

 



Leave a Comment:

Comments will be published after moderation.