News

2022ގެ ވޯލްޑް ކަޕް ފަށާނީ ނޮވެމްބަރުގައި

15 ޖުލައި 2020






ގަތަރުގައި 2022 ގައި ބާއްވަން ހަމަޖައްސާފައިވާއި ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް 21 ނޮވެމްބަރުން 18 ޑިސެމްބަރުގެ ނިޔަލަށް ބާއްވަން ނިންމައިފިއެވެ.

 

ފީފާއިން މި ގޮތަށް ނިންމާފައިވަނީ ކުރިން ވޯލްޑް ކަޕް ބާއްވާ ދުވަސްވަރު ކަމަށްވާ ޖޫން އަދި ޖުލައި އަކީ ގަތަރުގެ ހޫނު މޫސުން ކަމަށް ވާތީ ޓީމުތަކަށް ދިމާވެދާނެ ދަތިތަކަށް ބެލުމަށްފަހުގައެވެ.

 

ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ ޝެޑިއުލް ފީފާއިން ވަނީ މިއަދު އާންމުކޮށްފައެވެ. މި ޝެޑިއުލްގައިވަނީ ގްރޫޕް ސްޓޭޖްގެ މެޗުތަކުގައި ކޮންމެ ދުވަހަކު ހަތަރު މެޗު ކުޅުމަށެވެ.

މުބާރާތް ފައްޓާ މެޗު ކުޅުމަށް ހަމަޖައްސާފައިވަނީ 60،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް ކަމަށްވާ ދޯހާގެ އަލް ބައިތް ސްޓޭޑިއަމް އެވެ.


ޖުމްލަ 32 ޓީމުން ވާދަކުރާ 2022ގެ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭނީ ގަތަރުގެ 5 ސިޓީއެއްގެ 8 ސްޓޭޑިއަމްގައެވެ.

 

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 18 ގައި 80،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް ކަމުގައިވާ ލުސައިލް ސްޓޭޑިއަމްގައެވެ.

 



Leave a Comment:

Comments will be published after moderation.