News

ލިވަޕޫލުން ޓްރޮފީ އާއި ހަވާލުވާން ހާއްސަ ހަފްލާއެއް

15 ޖުލައި 2020






ލިވަޕޫލުން ޕްރިމިއާ ލީގްގެ ޓްރޮފީ އާއި ހަވާލުވާނީ އަންނަ ބުދަ ދުވަހު ޗެލްސީ އާއި އެކު ކުޅޭ މެޗަކަށްފަހު ހާއްސަ ހަފްލާއެއްގައި ކަމަށް އެ ކްލަބުން ބުނެފިއެވެ.

 

ފާއިތުވި 30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލަށް ޓްރޮފީ ހަވާލުކުރުމަށް ބާއްވާ ހާއްސަ ހަފްލާއަށް ކޮވިޑް-19 ގެ ސަބަބުން އެޓީމުގެ ސަޕޯޓަރުންނަކަށް ނުވަދެވޭނެއެވެ.

 

މި ހަފްލާ އިނގިރޭސިވިލާތުގައި ސްކައިސް ޕިކް ޗެނަލުން ދައްކާގޮތަށް ހަމަޖެހިފައިވާއިރު ޓްރޮފީ ދިނުމުގެ ކުރިން ލިވަޕޫލްގެ ކުޅުންތެރިންނަށް މެޑަލް ހަވާލުކޮށްދޭނީ އެ ކްލަބުގެ ލެޖެންޑް ސާ ކެނީ ޑަލްގްލިޝް އެވެ. އެއަށްފަހު އެޓީމުގެ ކެޕްޓަން ހެންޑަސަން ޓްރޮފީ އުފުލާލާނެއެވެ.

 

މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގްގެ ޓްރޮޕީ އުފުލާލި ހެންޑަސަން ވެގެންދާނީ 1990ގައި އެލަން ހަންސަން އުފުލާލީ އިނގިރޭސި ޗެމްޕިއަންގެ ޓްރޮފީއަށްފަހު ޕްރިމިއާ ލީގިގެ ޓްރޮފީ އުފުލާލާ ލިވަޕޫލްގެ ފުތަރަމަ ކެޕްޓަނަށެވެ.

 

ހެންޑަސަން އާއި އޭނާގެ ޓީމު މެންބަރުންނަށް ޓްރޮފީ ހަވާލުވާން ދާއިރު އެ ޓްރޮފީ ބަހައްޓާފައި ހުންނާނީ މަޝްހޫރު ކޮޕް ސްޓޭންޑްގެ މެދުގައި ހުންނަ ހާއްސަ ޕޯޑިއަމެއްގައި އެ ކްލަބުގެ ފޭނުން ތައްޔާރުކޮށްފައިވާ ބެނާތަކާއެކު ޒީނަތްތެރިކުރެވިފައިވާ ޕޯޑިއަމެއްގަ އެވެ.

 

އެ ކްލަބުން ވަނީ ކްލަބުގެ ފޭނުން ގޭގައި ތިބެގެން އެ ހަލްލާ ބަލާ އުފާ ފާޅުކުރުމަށް ނަސޭހަތްތެރިވެފައެވެ. ކޮރޯނާވައިރަސްގެ ސަބަބުން ސަޕޯޓަރުން ނުވައްދާ ބާއްވާ މި ތާރީ ހަފްލާގައި ލިވަޕޫލާއި ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅާނެ ކަމަށް އެ ކްލަބުން ނުބެއެވެ.



Leave a Comment:

Comments will be published after moderation.