News

އާސެނަލް ފަހަތަށް ޖައްސާލާ ޓޮޓެންހަމް 8 ވަނައަށް

13 ޖުލައި 2020






ރޭ އިނގިިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އާއި ޓޮޓެންހަމް  ހޮޓްސްޕާސް ބައްދަލުކުރި މެޗު 2-1ގެ ނަތީޖާއިން ކާމިޔާބުކުރި ޓޮޓެންހަމަށް ތާވަލުގެ 8 ވަނަ ލިބިއްޖެއެވެ. 


ރޭގެ މެޗުގެ 16 ވަނަ މިނިޓްގައި ފުރަތަމަ ގޯލް ޖަހާ ލީގު ހޯދީ އާސެނަލް އިންނެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ގްރެނިތް ޒަކާގެ އެހީތެރިކަމާއެކު އެލެކްޒެންޑްރާ ލަކަޒެޓް އެވެ.


އޭގެ ތިން މިނިޓްފަހުން އާސެނަލްގެ ގޯލަށް ޓޮޓެންހަމުން ފޮނުވާލި ބޯޅައާއި އެކު ދެޓީމު އެއްވަރުވިއެވެ. ޓޮޓެންހަމަށް ގޯލް ކާމިޔާބުކޯށްދިނީ ހުން މިން ސޮންއެވެ.


މި ނަތީޖާގައި އޮވެ ދެވަނަ ހާފް ފެށިގެން މެޗު ނިމެން ކައިރިވެފައިވަނިކޮށް ޓޮޓެންހަމުން ވަނީ 2 ވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުން މިން ސޮންގެ އެހީތެރިކަމާއެކު 81 މިނިޓްގައި ޓޮބީ އުޑްވިރަލްޑް އެވެ.

އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ޓޮޓެންހަމުން ތާވަލުގެ ކުރިޔަށް ޖެހިލިއިރު އާސެނަލް މިހާރު އޮތީ ތާވަލްގެ 9ވަނައިގައެވެ.



Leave a Comment:

Comments will be published after moderation.