News
ދަ ގްރާންޑޭއިން ހެޑް ކޯޗު އިންމަގެ ކޮންޓްރެކްޓް އާ ކޮށްފި
10 ޖުލައި 2020
ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ހެޑްކޯޗް އިސްމާއިލް މެހެފޫޒު (އިންމަ)ގެ ކޮންޓްރެކްޓް އާ ކޮށްފިއެވެ.
އިންމަގެ ކޮންޓްރެކްޓް އާކޮށް 2020-21 އަށް އެޓީމުގެ ހެޑް ކޯޗަކަށް އިއްމަ ހަމަޖައްސާފައިވާކަން ދަ ގްރާންޑޭއިން ވަނީ އެކްލަބުގެ ފޭސްބުކް ފޭޖްގައި ހިއްސާކޮށްފައެވެ. އިންމަ އަކީ މިދިޔަ ސީޒަނުގައިވެސް ދަ ގްރާންޑޭގެ ހެޑްކޯޗެވެ.
ދަ ގްރާންޑޭއަކީ ނިމިގެންދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރި ކުލަބެކެވެ. އިންމަގެ ބެލުމުގެ ދަށުން އެ ކްލަބުން ސީޒަން ނިންމާލީ ލީގުގައި ކުޅުނު 16 މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ އަނެއް ހަމެޗުން އެއްވަރުވެގެންނެވެ.
ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ކުޅުނު ފުރަތަމަ ހަތަރު މެޗުންވެސް އެޓީމު ވަނީ މޮޅުވެފައެވެ. ސީޒަން ނިންމާލިއިރު ދަ ގްރާންޑޭ އޮތީ ލީގުގެ 5 ވަނައިގައެވެ.
އިންމަ ވަނީ 2006-2014 އާއި ހަމައަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ހެޑްކޯޗުގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ. 2012 ވަނަ އަހަރުގެ އެފްއޭކަޕް މާޒިޔާއަށް ކާމިޔާބުކޮށްދިނީވެސް އިންމަގެ ބެލުމުގެ ދަށުންނެވެ. 2017 ވަނަ އަހަރުވެސް އިންމަ ވަނީ މާޒިޔާއަށް ކޯޗުކަން ކޮށްދީފައެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ތަޖްރިބާކާރު
ކުޅުންތެރިޔާ އިންމަ އަކީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަންވެސް ކޮށްފައިވާ ތަޖްރިބާކާރު ކޯޗެކެވެ.