News

އިންތިހާބު ބޭއްވީ ރަނގަޅަށް، އެފްއޭއެމްގައި ކޮރަޕްޝަނެއް ނެތް: ބައްސާމް

9 ޖުލައި 2020






ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބަކީ އެ އެސޯސިއޭޝަނާއި ދުނިޔޭގެ ފުޓްބޯޅަ ޖަމްއިއްޔާ ފީފާގެ ގާނޫނުތަކާއި އެއްގޮތަށް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން އެފްއޭއެމް އާއި މެދު ފިޔަވަޅު އަޅާދިނުމަށް އެދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ ދިރާސާ ކުރައްވާ މަޖިލީހުގެ އިޖްތިމާއީ އިއްޔެ ބައްސާމް ވިދާޅުވީ އެފްއޭއެމްގެ އިންތިހާބަކީ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން ބާއްވަން ޖެހޭ އިންތިހާބެއް ކަމަށާއި އެ މުއްދަތުގައި ކޮންމެ ދުވަހެއްގައި އިންތިހާބު ބޭއްވިޔަސް މައްސަލައެއް ނެތް ކަމަށް ފީފާއިން އޮތީ އަންގާފައި ކަމަށެވެ.

އެފްއޭއެމްއިން އަމަލުކޮށްފައިވާނީ އެފްއޭއެމްގެ ގާނޫނާއި ގަބވާއިދުތަކާއި އަދި ފީފާފެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބައްސާމް ފާހަގަ ކުރެއްވިއެވެ.

އެފްއޭއެމް އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅޭ ގޮތުން ކޮމިޓީގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ބައްސާމް ވިދާޅުވީ އެފްއޭއެމްގައި އެއްވެސް ނުރަނގަޅު އަމަލެއް ހިނގިޔަ ނުދެއްވާނެ ކަމަށާއި، ކޮރަޕްޝަނުގެ ތުހުމަތަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.
އަދި އެފްއޭއެމަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ހިންގާ އޮޑިޓްތައް މެންބަރު ކްލަބްތަކާއި އެފްއޭއެމްގެ ބެލނިވެރި ފަރާތްކަމުގައިވާ ސްޕޯޓްސް ކޮމިޝަނަށް ޤަވާއިދުން ހިއްސާ ކުރަމުން އަންނަ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ކޮރަޕްޝަނެއް އެފްއޭއެމްގައި ނުހިނގާ ކަމަށް ބައްސާމް ވިދާޅުވުމުން މައްސަލަ ހުށަހެޅުއްވި މެންބަރު އާޒިމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑޫ ހިޔާނާތުގެ މައްސަލައިގައި ބައްސާމް ބައިވެރިވެފައިވާކަން އެނގެން އޮންނައިރު އެ މައްސަލައިގެ ތަހްގީގް ލަސްވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އާޒިމް ހުށަހެޅުއްވި މި މައްސަލައާއި ގުޅިގެން އިޖްތިމާއީ ކޮމިޓީން ވަނީ ކުރިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް އަދި ސްޕޯޓްސް ކޮމިޝަނަ އަހުމަދު ސަލީމް (ބޮޑޫ ހީނާ) ކޮމިޓީއަށް ހާޒިރުކޮށްފައެވެ.



Leave a Comment:

Comments will be published after moderation.