News
ފީފާއިންވެސް ބާއްސާމަށް މަރުހަބާ ކިޔައިފި
8 ޖުލައި 2020
އެފްއޭއެމްގެ ރައީސްކަމަށް އަނެއްކާވެސް ބައްސާމް އަދީލް ޖަލީލް އިންތިހާބުވުމާއި ގުޅިގެން ފީފާއިންވެސް މަރުހަބާ ކިޔައިފި އެވެ.
އެފްއޭއެމްގެ ރައީސް އަށް ފީފާއިން މަރުހަބާ ކިޔާފައި ވަނީ އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބާއްސާމަށް ފޮނުއްވިސިޓީއެއްގައެވެ.
ފުޓްބޯޅަ ކުރިއެރުވުމަށް ބައްސާމް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ފީފާއިން ގަބޫލުކުރާ ހަމަތައް ރާއްޖޭގައި ޕްރޮމޯޓް ކޮށްދެއްވާތީ ބައްސާމަށް ޝުކުރު އަދާ ކުރައްވާ ކަމަށް އެސިޓީގައި ވެއެވެ.
އަދި ކުރިޔަށް އޮތް ދައުރުގައި ފުޓްބޯޅަ ކުރިއެރުވުމަށް ބައްސާމް ކުރައްވާ މަސައްކަތުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ފީފާގެ ރައީސް ވަނީ ބައްސާމަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
އިންފަންޓީނޯ ވަނީ ބާއްސާމް އާއި އެކު އިންތިހާބު ދެ ނާއިބު ރާއީސުންނާއި މެންބަރުންނަށްވެސް މަރްހަބާ ކިޔުއްވާ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.