News
މާޒިޔާ ކޯޗު އެނބުރި ގައުމަށް ހިނގައްޖެ
5 ޖުލައި 2020
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އެންމެ އުހަށް އުފުލާލަދީ ދިވެހި ލީގުގެ ޗެމްޕިއަން ޝީލްޑް އުފުލާލަދިން މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ރާއްޖެއިން ފުރައިގެ އޭނާގެ ގައުމަށް ހިނގައްޖެއެވެ.
ސެކުލޮސްކީ އެނބުރި ގައުމަށް ދިޔައީ އޭނާ މާޒިޔާއާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މާޒިޔާއަށް ކުރިޔަށް ހުރި މުހިންމު މެޗުތަކަށް ފަރިތަކުރުންތައް ބޭނުންވާއިރު މި ކޯޗު އެނބުރި ރާއްޖެ އަންނާނެ ދުވަހެއް އަދި އަންނާނެ ކަމެއްވެސް ސާފެއް ނުވެއެވެ.
އޮކްޓޯބަރަށް ތާވަލްކޮށްފައިވާ އޭއެފްސީ ކަޕްގެ ބާކީ މެޗުތަކުގެ ތެރޭގައި މާޒިޔާއިން ކުޅެން ޖެހޭ މެޗުތަކެއް ހުންނާނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަނދުކޮށްފައި އޮތުމުން އެނބުރި ގައުމަށް ނުދެވި ގިނަ ދުވަސްތަކެއް ރާއްޖޭގައި މަޑުކުރަން ޖެހުނު ސެކުލޮސްކީ ރާއްޖެ ދޫކޮށް ގޮސްފައިވަނީ މާޒިޔާއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާދީފައެވެ. އެގޮތުން ދިވެހި ލީގުގެ ޗެމްޕިއަންކަމުގެ އިތުރުން އޭއެފްސީ ކަޕަށް އެޓީމު ގެންގޮސްދީފައިވަނީ އޭނާއެވެ.
އޭއެފްސީ ކަޕްގައި މާޒިޔާ ވަނީ އިންޑިޔާގެ ވަރުގަދަ ޓީމެއް ކަމުގައިވާ ބެންގަލޫރު ޕްލޭ އޮފް ސްޓޭޖުން ބަލިކޮށްފައެވެ. އަދި ގްރޫޕް ސްޓޭޖަށް ކޮލިފައިވެފައެވެ. ގްރޫޕް ސްޓޭޖްގައި އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީ އާއި ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ ވަނީ 2-2 ގެ ނަތީޖާ އަކުން އެއްވަރުކޮށްފައެވެ.