News

ގައުމީ ޓީމު މިއަދު ފަރިތަކުރުންތަކަށް ނިކުންނަނީ

4 ޖުލައި 2020






ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހި ގައުމީ ފުޓްބޯޅަ ޓީމުން ފެބްރުއަރީމަހު މެދު ކަނޑާލި ފަރިތަކުރުންތައް މިއަދު ފަށާނެއެވެ.

ފަރިތަކުރުންތައް ފަށާނީ ފުލް ސްކޮޑާއި އެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ކަމަށް އެފްއޭއެމް އިން ޖޫން 15 ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނެފައިވެއެވެ.

ގައުމީ ޓީމްގެ ފަރިތަކުރުންތައް ކުރިޔަށް ގެންދާނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ.

ޕްރެސް ކޮންފަރެންސެއްގައި ގައުމީ ޓީމުގެ ސްކޮޑް މިދިޔަ މަހު އިޢުލާން ކުރީ ގައުމި ޓީމްގެ ކޯޗް ނެދަލޭންޑްސްގެ މާޓިން ކުޕްމަން އެވެ. މިއީ ޕްރެސްކޮންފަރެންސެއްގައި ސްކޮޑް އިއުލާން ކުރި ފުރަތަމަ ފަހަރެވެ.

މިއަދުގެ ފަރިތަކުރުންތަކަށް ހުރިހާ ކުޅުންތެރިންވެސް ނިކުންނާނީ ފިޓްނަސްގެ ބޭސިކް މައްސަލައެއް ނެތި ކަމަށް ބެލެވޭ ކަމަށް އެސިސްޓެންޓް ކޯޗް ސްޒޭން ބުންޏެވެ.


ކޯޗް ކުޕްމަން ބުނީ އޮކްޓޯބްރުގައި ޗައިނާ ވަރަށް ފިނިވާނެ ކަމަށާއި، ގައުމީ ޓީމުން ކޭމްޕް ކުރަންވެސް ބޭނުންވާ ކަމަށެވެ.

އެހެންނަމަވެސް ޗައިނާ މެޗުގެ ކުރިން ގަތަރާއި ސައުދީ ކަހަލަ ހޫނު ގައުމެއްގައި ކޭމްޕް ނުކުރާނެ ކަމަށާއި، ކޭމްޕް ކުރަން ބޭނުންވަނީ ޗައިނާ އާއި އެއްވަރުގެ ޓެމްޕަރޭޗަރެއް އޮތް ގައުމެއްގައި ކަމަށެވެ.

ކުރިޔަށް އޮތް ތިން މެޗަކީ ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ ތިން މެޗެވެ. އެންމެ ފުރަތަމަ ކުޅޭނީ ޗައިނާ އާއި ދެކޮޅަށް ކުޅޭ އަވޭ މެޗެވެ. މި މެޗުތައް އޮންނާނީ އޮކްޓޯބަރާއި ނޮވެމްބަރުގައި އެވެ.


ޗައިނާއާއި ދެކޮޅަށް ކުޅޭ އަވޭ މެޗަށް ފަރިތަކުރުންތައް ކުރިޔަށް ގެންދާ ޓީމުގައި ހިމެނެނީ ޖުމްލަ 32 ކުޅުންތެރިންނެވެ.

ގައުމީ ސްކޮޑްގައި ހިމެނޭ ކުޅުންތެރިން:

މާޒިޔާ ކުޅުންތެރިންގެ ތެރެއިން

1.  ސަމޫހް އަލީ (ސަމުއްޓެ)

2. މުހައްމަދު އިރުފާން (އިރޭ)

3. އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ ިއިއްބެ) 

4. އައިޝަމް އިބްރާހިމް

5. ހަމްޒާ މުހައްމަދު (ހަމްޕު)

6. ހުސެއިން ޝަރީފް

7. އާދަމް ނިޒާމް (ކިތްނާ)

8. ހުސެއިން ނިހާން (ނިހާޓް)

9. ހަސަން ނާއިޒު (ދާދު)

10. އިބްރާހިމް ވަހީދު ހަސަން (އިއްބެ)

11. މުހައްމަދު މުޖްތާޒް (މުޖޭ)

ޓީސީ ކުޅުންތެރިންގެ ތެރެއިން، 

12. އަލީ އަޝްފާގް (ދަގަނޑޭ)

13. އަކްރަމް އަބްދުލް ޣަނީ (އަކޫ)

14. އަހުމަދު ރިލްވާން

15. އިސްމާއިލް އީސާ (މެސީ)

16. އަލީ ސާމިސް (ތޮއްޕޭ)

17. އިބްރާހިމް އިޝާން (ސައްޓު)

ދަ ގްރާންޑޭގެ ކުޅުންތެރިންގެ ތެރެއިން،

18.މުހައްމަދު ފައިސަލް (ގޯލް ކީޕަރު)

19. އަހުނަފް ރަޝީދު

ގްރީން ސްޓްރީޓްގެ ކުޅުންތެރިންގެ ތެރެއިން،

20. މުހައްމަދު އާރިފް (ބަކާ)

21. އަބްދުﷲ ޔާމީން (ޔާން)

22. މުހައްމަދު އުމެއިރް

23. މުހައްމަދު ސާއިފް

24.  އަސްމާއިލް ޝަފީއު

ކްލަބް އީގަލްސްގެ ކުޅުންތެރިންގެ ތެރެއިން،

25. އަހުމަދު ނޫމާން (ހެލްމެޓް) 

26. އިމްރާން ނަޝީދު (އިންމަ)

27. އަހުމަދު ރިޒްވާން (ރިޒޭ)

28.ހުސެއިން ސިފާއު ޔޫސުފް (ކުރޯ)

29. ހަސަން ރާއިފް އަހުމަދު (ހަންނަ)

30. އަލީ ފާސިރު (ސެންޓޭ)

31. ހަސަން ނަޒީމް (ޓޯޗް)

32. ރިހާމް އަބްދުލް ޣަނީ (ބޮބީ)

 

މީގެ ތެރެއިން އަލީ ޓީސީގެ އަލީ ސާމިސް އަކީ މުޅިން އަލަށް ގައުމީ ސްކޮޑްގައި ހިމެނޭ ކުޅުންތެރިއެކެވެ.. އެހެން ކުޅުންތެރިންނަކީ ފެބްރުއަރީގައި ފަރިތަކުރުންތައް މެދު ކަނޑާލިއިރުވެސް ސްކޮޑްގައި ހިމެނޭ ކުޅުންތެރިންނެވެ.



Leave a Comment:

Comments will be published after moderation.