News

ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ބަޔާން މިއުނިކަށް

28 ޖޫން 2020






ރޭ ރަށުން ބޭރުގައި ވުލްފްސްބާގް އާއި ދެކޮޅަށް ކުޅެ 4-0 ގެ ނަތީޖާއަކުން އެޓީމް ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ.

 

ރޭ ބަޔާން މިއުނިކުން ވަނީ މެޗުގެ ހަތަރުވަނަ މިނިޓްގައި ގޯލު ޖަހާ ލީޑް ނަގާފައެވެ. ފުރަތަމަ ގޯލު ކާމިޔާބުކުރީ ތޯމަސް މުލާގެ އެހީތެރިކަމާއެކެ ކިންގްސްލީ ކޯމަން އެވެ.

މެޗުގެ 37 ވަނަ މިނިޓްގައި ބަޔާނުން ވަނީ ދެ ވަނަ ލަނޑު ޖަހާފައެވެ. އެ ލަނޑު ކާމިޔާބުކޯށްދިނީ ކޯމަންގެ އެހީއާއި އެކު ކިއުސަންސް އެވެ. ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީއަކުން ބަޔާންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލެވަންޑޯސްކީއެވެ. ބަޔާނަށް ހަތަރުވަނަ ލަނޑު ޖަހާދިނީ މުލާއެވެ.

ޖަރުމަނު ލީގުގެ ކަށަވަރުކުރި ބަޔާނުން ލީގުގެ އެއްވަނައިގައި ހަމަޖެހިލާފައިވަނީ13 ޕޮއިންޓްގެ ލީޑަކާއިއެކުއެވެ. ބަޔާން އިން ކުޅުނު 34 މެޗުން 82 ޕޮއިންޓް ހޯދާފައިވާއިރު، ދެވަނަގައި އޮތީ 34 މެޗުން 69 ޕޮއިންޓް ހޯދާފައިވާ ބޮރޫޝިއާ ޑޯޓްމުންޑް އެވެ.



Leave a Comment:

Comments will be published after moderation.