News

ފިއްލަދޫ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ނިމިއްޖެ

27 ޖޫން 2020






ހއ. ފިއްލަދޫގައި ގާއިމުކުރާ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ނިމިފައިވާކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިއްލަދޫ ޒުވާނުން ބޭނުންވާ ގޮތަށް އެރަށުގައި ޒުވާނުންގެ މަރުކަޒެއް ގާއިމު ކުރެވިފައިވާ ކަމަށާއި، އެ މަރުކަޒަށް ބޭނުންވާ ސާމާނު ހޯދުމުގައި މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ދެއްވާނެ ކަމަށެވެ. މިހާރު އެމަރުކަޒު ޓޭބަލް ޓެނިސް އަދި ބިލިއާޑްސް ކުޅެވޭނެ ސާމާނު ވަނީ ބަހައްޓާފައެވެ.

ފިއްލަދޫ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ނިންމުމުގައި އެރަށުގެ ކައުންސިލާއި އެދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝަރީފް ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފިއްލަދޫގެ ޒުވާނުންގެ މަރުކަޒަކީ ފާއިތުވި ސަރުކާރުގައި މަސައްކަތްފެށި، މަސައްކަތް ހުއްޓިފައިވާ ތަނެކެވެ. މި ސަރުކާރުން އެ މަސައްކަތް ފުރިހަމަކޮށް މިހާރު ވަނީ އެރަށުގެ ޒުވާނުންނަށް އެތަން ބޭނުން ކުރެވޭ ވަރު ކޮށްދީފައެވެ.

 



Leave a Comment:

Comments will be published after moderation.