News
ޤައުމީ ފުޓްސަލް ޓީމްގެ ކޯޗް އަބޯ ޖަމާލުއްދީންގެ ކޯޗްކަމަށް
24 ފެބްރުއަރީ 2019
އަންނަމަހު ފެށޭ އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތަށް ޖަމާލުއްދީންގެ ކޯޗްކަމަށް ޤައުމީ ފުޓްސަލް ޓީމްގެ އިތުރުން ބީޖީ އެކެޑަމީގެ ކޯޗް އަބްދުﷲ ނަސީރު (އަބޯ) ހަމަޖައްސައިފިއެވެ.
އަބޯ މިހާރުވެސް ދަނީ ޖަމާލުއްދީންގެ ގްރޭޑް 2ގެ ޓީމްގެ ކޯޗްކަން ކުރަމުންނެވެ. އެގޮތުން މިއަދު ނިމިގެން ދިޔަ މައިލޯ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ކަލާފާނާ ފައިނަލްގައި ވާދަކޮށް އޭނާ ކޯޗް ކޮށްދިން ޖަމާލުއްދީންވަނީ ހޯދާފައެވެ. މީގެކުރިން އަބޯވަނީ އިމާދުއްދީންއަށްވެސް ކޯޗްކޮށްދީފައެވެ. ޒުވާނުންނަށް ކޯޗްކޮށްދިނުމުގެ ތަޖުރިބާހުރި ބީޖީ އެކެޑަމީގެ ކޯޗް އިންޓަރ ސްކޫލަށް ނެރޭނީ ވަރުގަދަ ޓިމެއް ކަމަށް ބެލެވެއެވެ. ޖަމާލުއްދީން ހިމެނެނީ ގްރޫޕް އޭގައި ހުރަވީ، ތާޖުއްދީން އަދި ޣާޒީއާއެކީގައެވެ.
މިއަހަރުގެ އިންޓާރ ސްކޫލް މުބާރާތް ފެށޭނީ އަންނަ މަހުގެ 23ގައެވެ. މުބާރާތުގައި 13އަހަރުން ދަށާއި، 15އަހަރުން ދަށް އަދި 18އަހަރުން ދަށުގެ ގިންތިތަށް ހިމެނެއެވެ.
Inter School Football Towards Future