News

އައްޑޫ ސިޓީ މީދުގެ ފަތާ ޓްރެކް ނިމިއްޖެ، ދެން އޮތީ ފޭދޫ

22 ޖޫން 2020






އައްޑޫ ސިޓީގެ މީދުގައި ގާއިމު ކުރާ ފަތާ ޓްރެކްގެ މަސައްކަތް ނިމި އެތަން ބޭނުން ކުރަން ފަށާފައިވާކަމަށް ދެން މަސައްކަތް ފަށާނީ ފޭދޫގައި ކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާރމެންޓް އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

 

މަހްލޫފް މިކަން ހާމަކުރެއްވީ ޓްވިޓާރގައެވެ. މިނިސްޓަރ ވަނީ އެމަސައްކަތް ނިމުނު ކަން ހާމަކުރެއްވުމަށް ކުްރި ޓްވީޓެއްގައި އެ ފަތާ ޓްރެކްގެ މަސައްކަތް ކުރުމުގައި އެ ދާއިރާގެ މަޖިލީސް މެންބަރު ރޮޒެއިނާ އާދަމް އާއި ސްވިމިން އެސޯސިއޭޝަނުން އަދި އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ދެއްވި އެއްބާރުލެއްވުން ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރައްވާފައެވެ.

 

މަހްލޫފް ވިދާޅުވީ ދެން ފަަތާ ޓްރެކްގެ މަސައްކަތް ކުރިޔަށް ގެންދާނީ އައްޑޫ ސިޓީ ފޭދޫގައި ކަމަށެވެ.މީގެ އިތުރުން މަހްލޫފް ވިދާޅުވީ ފެތުމަކީ ރާއްޖޭގެ ރައްޔިތުންނާ ގުޅިލާމެހިފައިވާ ކުޅިވަރެއް ކަމަށާއި، ކުޅިވަރެއްގެ ގޮތުގައި އެކަމުގައި ގިނަބަޔަކު ޝާމިލްވާތީ އުފާ ކުރައްވާ ކަމަށެވެ.

 

އައްޑޫ ސީޓީ މީދުގެ އިތުރުން ފަތާ ޓްރެކްތައް ގާއިމުކޮށްފައިވަނީ ހދ. ކުޅުދުއްފުށި އަދި ހއ. ދިއްދޫގައެވެ.



Leave a Comment:

Comments will be published after moderation.