News

ގައުމީ ކްރިކެޓް ޓީމުން ފަރިތަކުރުންތައް ފަށައިފި

21 ޖޫން 2020






ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމުން ގައުމީ ކްރިކެޓް ޓީމުގެ ފަރިތަކުރުންތައް އަލުން ފަށައިފިއެވެ.


ދިގު މުއްދަތެއްގެ މެދުކެންޑުމަކަށް ފަހު ސްޓޭޑިއަމްގެ އައުޓްޑޯ ނެޓްގައި އިއްޔެ ފަރިތަކުރުންތައް ފަށާފައިވަނީ ގައުމީ ފިރިހެން ކްރިކެޓް ޓީމުންގެ ކުޅުންތެރިންނެވެ. މިއީ ކޮވިޑް-19 އާއި ގުޅިގެން ހުއްޓާލާފައިވާ ކުޅިވަރު ފަރިތަކުރުންތަކުގެ ތެރެއިން އެންމެ ފުރަތަމަ ފަރިތަކުރުންތައް ފެށި ކުޅިވަރެވެ.

 

ކޮވިޑް-19 އާއި ގުޅިގެން މާޗް މަހު މެދުކަނޑާލި ކްރިކެޓްގެ ފަރިތަކުރުންތައް ފެށި އިރު މި ދުވަސްވަރު ކުޅުންތެރިން އަމަލުކުރަން ޖެހޭނީ އެޗްޕީއޭ އާއި ކަމާގުޅޭ އިދާރާތަކުން ދޭ ލަފާއާއި އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައިގެންނެވެ.

 

ކްރިކެޓްގެ ފަރިތަކުރުންތައް ފެށި އިރު ކުޅުންތެރިން އަމަލު ކުރަން ބާރު އަޅާފައިވާ ކަންތައްތަކުގެ ތެރޭގައި އެއް ކުޅުންތެރިޔަކު ބޭނުން ކުރާ އަންގި އަދި ހެލްމެޓް ފަދަ ތަކެތި އަނެއް ކުޅުންތެރިޔަކު ބޭނުން ނުކުރުން ހިމެނެއެވެ.

 

އަދި ކުޅުންތެރިން ފަރިތަކުރުންތަކަށް އަންނަ އިރު އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ އަންގި ލައިގެން އައުން ވެސް ހިމެނެއެވެ. މީގެ އިތުރުން ބޯޅަ އޮމާން ކުރުމަށް ބޯޅައިގައި ކުޅު ނުލުންވެސް ހިމެނެއެވެ.

 

ހޮނިހިރު ދުވަހު ފިރިހެން ޓީމުގެ ފަރިތަކުރުންތައް ކުރިޔަށް ގެންދިޔައީ ފަސް ބެޗަކަށް ބަލާހައިގެންނެވެ.



Leave a Comment:

Comments will be published after moderation.