News
5000 މީހުންނަށް ވަދެވޭ ގޮތަށް ފްރާންސްގެސްޓޭޑިއަމްތައް ހުޅުވާލަނީ
20 ޖޫން 2020
ޖުލައި 11 އިން ފެށިގެން ފްރާންސްގެ ސްޓޭޑިއަމްތަކަށް މެޗުބަލަން 5000 އާއި ހަމައަށް ސަޕޯޓަރުންނަށް ވަދެވޭގޮތަށް އަލުން ސްޓޭޑިއަމްތައް ހުޅުވާލާނެ ކަމަށް އެގައުމުން ބުނެފިއެވެ.
މިގޮތަށް ހަމަޖެއްސީ ކޮރޯނާ ވައިރަސްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ދެމުން އަންނަ ލުއިތަކުގެ ތެރިންނެވެ.
މި ނިންމުމާއި ގުޅިގެން ފްރެންޗް ކަޕް އަދި ލީގް ކަޕްގެ މެޗުތައް ބަލާލުމަށް ސަޕޯޓަރުންނަށް ދަނޑުތަކަށް ވަދެވޭނެއެވެ.
ފްރާންސް ސަރުކާރުން ބުނީ މިއަށްވުރެ އިތުރަށްވެސް ސަޕޯޓަރުންނަށް ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ ފަހުން ދޭޭޭޭނެ ކަމަށެވެ.
އަދި އެކަން ނިންމާނީ އޮގަސްޓްމަހުގެ ތެރޭގައި ބަލީގެ ހާލަތަށް އަންނަ ބަދަލުތައް ދިރާސާ ކުރުމަށް ފަހު ކަމަށެވެ.
ސަޕޯޓަރުންގެ ކުރިމަތީގައި މެޗުތައް ކުޅެވޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ އިރު ފްރެންޗް ކަޕާއި ލީގް ކަޕްގެ ފަސްކޮފައިވާ މެޗުތައް އަލުން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.
ފްރަާންސްގައި ކޮރޯނާ ވައިރަސް ފެތުރެމުން ދާތީ އެގައުމުގެ ސަރުކާރުން އޭޕްރީލްގައި ނިންމީ ސެޕްޓެމްބަރުގެ ކުރިން ކުޅިވަރުގެ އެއްވެސް ހަރަކާތެއް ކުރިޔަށް ނުގެންދިއުމަށެވެ.
އެހެންނަމަވެސް އަންނަ ހޯމަ ދުވަހުމް ފެށިގެން ބައެއް ކުޅިވަރުތައް ފެށުމަށް ސަރުކާރުން ވަނީ ހުއްދަ ދީފައެވެ.