News

އޭއެފްސީން ވޯޓަށް ހުޅުވާލި 5 ގޯލުން، ދަގަނޑޭގެ ގޯލަށް އެއްވަނަ

18 ޖޫން 2020






އޭއެފްސީ ކަޕްގެ އެންމެ މޮޅު ފަސް ސޯލޯ ގޯލުގެތެރޭގައި ހިމެނުނު ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އޭއެފްސީ ކަޕް 2013 ގައި ޖެހި މޮޅު ގޯލަށް އެއްވަނަ ލިބިއްޖެއެވެ.

 

ޖޫން 18 އާ ހަމައަށް ވޯޓުލުމަށް އޭއެފްސީން ހުޅުވާލި މޮޅު ފަސްގޯލުގެ ތެރެއިން ދަގަނޑޭގެ ގޯލަކީ އޭއެފްސީ ކަޕްގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓްގެ ޖޯޒީގައި ގްރޫޕް ސްޓޭޖްގެ މެޗެއްގައި އިންޑޮނޭޝިއާގެ ޕާސިބޯ ބޮޖެންނެގޮރޯ އާއި ދެކޮޅަށް ދަގަނޑޭ ޖަހާދިން ގޯލެކެވެ.

 

މި ގޯލަކީ ޕާސިބޯގެ ހާފުގެ ތެރެއިން އަޝްފާގަށް އުމޭރު ފަހިކޮށްދިން ބޯޅައަކުން އޮފްސައިޑް ނުވާގޮތައް ޕާސިބޯގެ އޭރިއާ ތެރެއަށް ދަގަނޑޭވަދެ އޭނާގެ އާދަޔާ ހިލާފު މޮޅު ހުނަރު ބޭނުންކޮށްގެން ޖަހާދިން މޮޅު ލަނޑެކެވެ.

އޭއެފްސީ ކަޕްގެ ތާރީހުގައި ޖެހި އެންމެ މޮޅު ފަސް ސޯލޯ ގޯލަށް ވޯޓު ލިބިފައިވާ ގޮތް

 އޭއެފްސީން ނެގި ވޯޓުގައި މި ގޯލަށް 54 އިންސައްތަ ވޯޓު ލިބިފައިވާއިރު ދެވަނައަށް އެންމެ ގިނައިން ވޯޓު ލިބިފައިވަނީ 2014 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި އިންޑީއާގެ ޗާޗިލް ބްރަދާސްގެ ބަލްވަޓް ސިންހް ޖެހި ގޯލަށެވެ. އެއީ 22 އިންސައްތަ ވޯޓެވެ. ތިންވަނައަށް ހޮވުނު ގޯލަކީ 17 އިންސައްތަ ވޯޓު ލިބުނު އިންޑޮނޭޝިއާގެ ޕަސިޕޫރާ ޖަޔަޕޫރްގެ ބޯޒް ސޮލޯސާ ޖެހި މި ގޯލަކީ 2015 ވަނަ އަހަރުގެ އޭއެފްސީ ކަޕްފައި އޭނާ ޖެހި ގޯލެކެވެ. 

 

އޭއެފްސީން ވޯޓަށް ހުޅުވާލި ލިސްޓުގައި ދެން ހިމެނެނީ 2013 ވަނަ އަހަރު އޭއެފްސީ ކަޕްގައި ލުބުނާންގެ ސޮފާ އެފްސީގެ މުހައްމަދު ހައިދަރު ޖެހި ގޯލެކެވެ. އެ ގޯޯލަށް ލިބުނީ 6 އިންސައްތަ ވޯޓެވެ. ގަދަ ފަހެއްގައި ދެން ހިމަނާފައިވަނީ 2018 ވަނަ އަހަރު މިޔަންމާގެ ޔަންގޮން ޔުނައިޓެޑްގެ ނައިޖީރިއާ ފޯވާޑް އިމަނުއެލް އަޒޫ ޗޮކުވޫ ޖެހި ގޯލެކެވެ މިގޯލަށް ލިބުނީ އެކެއް އިންސައް.

https://www.the-afc.com/competitions/afc-cup/latest/news/5-of-the-best-solo-goals-x1028



Leave a Comment:

Comments will be published after moderation.