News

ރާއްޖެ ހިމެނޭ ގޮތަށް ކޮލިފައިން މެޗުތައް އޮކްޓޫބަރުގައި ފަށަނީ

7 ޖޫން 2020






ކޮވިޑް-19ގެ ބަލިމަޑޫކަމާއި ގުޅިގެން ހުއްޓިފައިވާ ފުޓްބޯޅައިގެ އިވެންޓްތަކުގެ ތެރެއިން 2022 ވަނައަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތައް މިއަހަރުގެ އޮކްޓޫބަރުގައި ފަށާނެ ކަމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީން) ބުނެފިއެވެ.

ކޮލިފައިން މެޗުތައް އޮކްޓޫބަރަށް ތާވަލުކޮށްފައިވާ ކަމަށް ހާމަކޮށް އޭއެފްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިގޮތަށް ހަމަޖެއްސީ މެންބަރު އެސޯޝިއޭޝަންތަކާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. 

އޭއެފްސީން  ބުނީ ކޮލިފައިން މެޗުތައް ކުޅޭނީ އޮކްޓޫބަރާއި ނޮވެމްބަރުގެ ތެރޭގައި ކަމަށެވެ.

ކޮލިފައިންގައި ރާއްޖޭން ކުޅެން ޖެހޭ މެޗުތަކުގެ ތެރެއިން ދިވެހި ގައުމީ ޓީމު ރަށުން ބޭރުގައި ޗައިނާ އާއި ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އޮކްޓޫބަރު އަށް ވަނަ ދުވަހެވެ. އަދި ރާއްޖޭގައި ގައުމީ ޓީމު ސީރީއާ އާއި ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އޮކްޓޫބަރު 13 ގައެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕުގެ ފަހު މެޗަށް ރާއްޖޭގެ ގައުމީ ޓީމު ނުކުންނާއި ނޮވެމްބަރު 17 ގައި ފިލިޕީންސް އާއި ދެކޮޅަށެވެ. މި މެޗަކީ ރަށުން ބޭރުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗެކެވެ.

ވޯލްޑް ކަޕް ކޮލިފައިން އާއި އޭޝިއަން ކަޕް ކޮލިފައިންއަށް ރާއްޖޭގެ ގައުމީ ޓީމު ތައްޔާރުކޮށްދެމުން އަންނަނީ ގައުމީ ޓީމުގެ ކޯޗު ނެދަލެންޑްގެ މާޓިން ކޫޕްމަން އާއި އެސިސްޓެންޓް ކޯޗު ރެނޭ ހިޑިންކްގެ އިތުރުން ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަދި ގައުމީ ޓިމުގެ މިހާރުގެ އެސިސްޓެންޓް ކޯޗް އަލީ ސުޒޭން އެވެ.

މީގެ އިތުރުން ކުރީގެ ކޯޗިން ސްޓާފުންނާއެކުވެސް އެކުވެސް ގައުމީ ޓީމުން ވަނީ ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން މަސައްކަތް ފަށާފައެވެ.

ކޮލިފައިން މެޗުތަކަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ޓީމުން ފަރިތަކުރުންތައް ބާއްވަމުން އަންނަނިކޮށް ގައުމީ ޓީމުގެ ހަރަކާތްތައް ހުއްޓާލަން ޖެހުނީ ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ގައުމުގައި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށް ކުޅިވަރުގެ ހަރަކާތްތައްވެސް މެދު ކަނޑާލަން އެންގުމުން ނެވެ.

އޭއެފްސީން އިއްޔެ އާންމުކުރި ބަޔާނާއި ގުޅިގެން ރާއްޖެއާއި ޗައިނާގެ މެޗު އޮކްޓޫބަރަށް ތާވަލުކޮށްފައިވާތީ އެފްއޭއެމް އިން ވަނީ ދިވެހި ގައުމީ ޓީމަށް ކާމިޔާބީއަށް އެދިފައެވެ.  



Leave a Comment:

Comments will be published after moderation.