ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ އޭނާގެ އަތުގައި ޕްރިމިއާ ލީގުގެ ތިން ޓްރޮޕީ އެބައޮތް ކަމަށާއި، އޭނާ ގަބޫލުކުރާހިތްވަނީ އޭނާ އަށް ހަތަރުވަނަ ޓްރޮފީވެސް ލިބޭނެ ކަމަށް ކަމަށެވެ.
މޮރޯނިއޯ ބުނީ ފުޓްބޯޅަ އާންމު ހާލަތަށް އަންނާނެ ދުވަހެއް އެކަކަށްވެސް އަދި ނޭންގޭ ކަމަށާއި، އެންމެންވެސް މަޑު ކުރަންވީ ޓީމު އެއްކޮށް ޓްރޭނިންތަކުގައި ބައިވެރިވުމުގެ ހުއްދަ ލިބި އަލުން މުބާރާތްވެސް އާންމު ހާލަތަކަށް އަންނާނެ ދުވަހަކަށް ކަމަށެވެ.
"އަހަރެން ބުންނަ ބޭނުންވަނީ އަހަރުމެންގެ ދުނިޔެ ވަރަށް ހަނދާންވެއޭ، އަހަންނަށް ހީވަނީ އެންމެންވެސް ވާނެއޭ، ފުޓްބޯޅައަކީ އަހަރެންގެ ދުނިޔޭގެ އެއްބައި، އެހެންނަމަވެސް އަހަރުމެން ކެތްތެރިވާން ޖެހޭނެ، މިއީ އެންމެން އެއްކޮށް ކުރާ ހަނގުރާމައެއް" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ ޕްރިމިއާ ލީގުގެ ބާކީ ނުވަ މެޗު ކުޅެވިއްޖެނަމަ އެންމެންނަށްވެސް ރަނގަޅުވާނެ ކަމަށެވެ. އެއީ ފުޓްބޯޅަ އަށް އަދި ޕްރިމިއާ ލީގަށްވެސް ރަނގަޅެއް ކަމަށެވެ.
ސަޕޯޓަރުން ނުވައްދާ ކެމެރާތަކުގެ ކުރިމަތީގައި ފުޓްބޯޅަ ކުޅުމުން އެތައްމިލިއަން ބަޔަކު މެޗުތައް ބަލާނެ ކަމަށާއި ދުވަހަކުވެސް ފުޓްބޯޅަ އަކީ ބަންދުކޮށްގެން ކުޅޭ ކުޅިވަރަކަށް ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.