News
އަހަރުގެ ފުރަތަމަ ގްރާސްރޫޓްސް ފެސްޓިވަލް އެފް.އޭ.އެމްއިން ކާމިޔާބުކަމާއެކު އައްޑޫގައި ނިންމާލައިފި
24 ފެބްރުއަރީ 2019
އައްޑޫގައި ކުރިއަށް ގެންދެވުން މިއަހަރުގެ ފުރަތަމަ ގްރާސްރޫޓްސް ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އައްޑޫގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 292 ބާރައަހަރުން ދަށުގެ ކުދިން ވަނީ ބައިވެރިވެފައެވެ. މުޅިއަކު 16 ކޯޗުންނާއެކު ކުރިއަށް ދިޔަ މިހަރަކާތަކީ ޒުވާން މޮޅެތި ކުދިން ފުޓުބޯޅައިގެ އާއިލާއަށް އުފަންކުރުވުމުގެ ގޮތުން މިއަހަރު ބޭއްވި ފުރަތަމަ ހަރަކާތެވެ. މިފަދަ ހަރަކާތެއްވަނީ ބ.އޭދަފުށީގައި ކުރިއަށް ގެންދެވުނު ސީ-ލައިސަންސް ކޯޗިންގ ކޯހަށްފަހުވެސް ބާއްވާފައެވެ. މިފަދަ އިތުރު ހަރަކާތެއް ކޮންމެ މަހަކު އެއްފަހަރު މާލޭގައި ބޭއްވުމަށް އެފް.އޭ.އެމްއިން ދަނީ މަސައްކަތް ކުރަމުންނެވެ.
އެފް.އޭ.އެމްއިން ވަނީ ފަހަކަށް އައިސް ޒުވާނުން ފުޓުބޯޅަ އާއިލާއަށް ރަނގަޅު ތަމްރީނާއެކީ ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރަަމުންނެވެ. އެގޮތުން ކޯޗިންގ ލައިސަންސްތަކުގެ ކޯސްތަކާއި، ނިމިގެން ދިޔަ ޔޫތު ޗެމްޕިއަންޝިޕް ހިމެނެއެވެ. ދާދިފަހުން އެފް.އޭ.އެމްއިން ދިވެހި އެކެޑަމީތަކަށް އަމާޒުކޮށްގެން ޔޫތު ކޮންފަރެންސްއެއް ބާއްވާފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ. ހާއްސަކޮށް ޓްރާންސްފަރ ބާޒާރުގައި ޒުވާން ކުޅުންތެރިން ކްލަބްތަކަށް ސޮއިކުރާ އަދަދު ގިނަވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ރާއްޖޭގެ 4 އެކެޑަމީއެއްގެ ހަތަރު ކޯޗުން މިވަގުތު ޖަޕާނުގައި ކުރިއަށްދާ ކޯޗިންގ ތަމްރީނެއްގައި ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ.
FAM Towards Future