News
ޕީއެސްޖީއަށް ޗެމްޕިއަންކަން ދިނުމުން ލިޔޯނުން ކޯޓަށް ދަނީ
1 މެއި 2020
ޕްރާންސުން އިއްޔެ އެގައުމުގެ ފުޓްބޯޅަ ސީޒަން ނިންމާލާ ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ އަށް ދިނުމުން ލިޔޯން އިން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް އެޓީީމަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު
ހޯދުމަށް ކޯޓަށް ދާން ނިންމައިފިއެވެ.
ލިޔޯންގެ ރައީސް ޖޭން މައިކަލް އައުލަސް ވިދާޅުވީ އެ ކްލަބުގެ އަތުން ޔޫރަފްގެ އެހެން މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތުު ފޭރިގެންފައިވާ ކަމަށާއި، ލީގު ކެންސަލްކުރި ގޮތް އިންސާފުވެރި ނޫން ކަމަށެވެ.
ފްރެންޗް ލީގު ކެންސަލް ކުރީ އެގައުމުގެ ބޮޑުވަޒީރު މި ހަފްތާގައި ނިންމެވި ނިންމެވުމަކާއި ގުޅިގެންނެވެ. ބޮޑުވަޒީރު އެޑޮއާޑް ޕިލިޕޭ ނިންމަވާފައިވަނީ އެގައުމުގައި އެއްވެސް ކުޅިވަރު މުބާރާތެއް
ސެޕްޓެމްބަރުގެ ކުރިން ނުކުޅެވޭނެ ކަމަށެވެ. އަދި ސަޕޯޓަރުން ނުވައްދާވެސް ކުޅިވަރެއް ނުކުޅެވޭނެ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.
ސަރުކާރުގެ މި ނިންމެވުމާއި ގުޅިގެން ލީގް ކެންސަލްކޮށް ޕްރެންޗް ލީގުގެ ޗެމްޕިއަންކަން ދިނީ ލީގު މެދުކަނޑާލި އިރު އެންމެ ގިނަ ޕޮއިންޓާއި އެކު ލީގިގެ އެއްވަނައިގައި އޮތް ޕީއެސްޖީއަށެވެ.
ލިޔޯނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެލްއެފްޕީން ލީގު ކެންސަލްކުރި އިރު އެ ނިންމުމާއި ދެކޮޅަށް ކޯޓަށް މައްސަލަ ވެއްދުމުގެ ބާރު ލިޔޯނަށް އެބައޮތް ކަމަށާއި، އެ ކްލަބަށް ލިބޭނެ މާލީ ގެއްލުމުގެ ބަދަލު ހޯދަން ބޭނުންވާ ކަމަށެވެ. ޔޫރަފްގެ މުބާރާތްތަކުން ފުރުސަތު ގެއްލޭ ގޮތަށް ލީގު ކެންސަލް ކުރުމުން އެޓީމަށް އެތައް މިލިއަން ޔޫރޯގެ ގެއްލުންވާނެ ކަމަށްވެސް ލިޔޯނުން ބުނެއެވެ.
ލިޔޯނުން ބުނީ ލީގު ޓައިޓްލް ދިން ޕީއެސްޖީއަށް އިހްތިރާމާއި އެކު މަރްހަބާ ކިޔާ ކަމަށެވެ. އަދި ލިޔޯނުންވާނީ ތިން ހަފްތާތެރޭގައި ޕްލޭ އޮފް މެޗްތަކެއް ކުޅެގެން ލީގުގެ ޗެމްޕިއަނެއް ކަނޑައެޅުމަށް އެލްއެފްޕީއަށް ހުށަހަޅާފައިކަމަށާއި، އެ ހުށަހެޅުމަކީ ޔުއެފާގެ ހުށަހެޅުންތަކާއި އެއްގޮތަށް ފެތޭ ދެފުއްފެންނަ އެއްވެސް ޓީމަކާއި މެދު ތަފާތު ކުރުމެއް ނުގެންގުޅެވޭނެ ފަދަ ޕްލޭނެއް ކަމަށެވެ.
ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީއަށްދިނުމާއި ގުޅިގެން ލިޔޯނަށް ވަނީ ޔޫރަޕްގެ މުބާރާތްތަކުން ފުރުސަތު ގެއްލިފައެވެ. އެއީ ލީގް ކަޕާއި ޕްރެންޗް ކަޕްގައި ޕީއެސްޖީ ކުޅެން އޮތީ ސެއިންއެޓިއެން އާއި ލިޔޯން އާއެވެ. ލިޔޯން އާއި ސެއިން އެޓިއެން އަށް އެ ދެމެޗު ކުޅުނުނަމަ ޔޫރޮޕާ ލީގުން ފުރުސަތު ލިބޭނެއެވެ. އެހެންކަމުން ގިނަ އަހަރުތަކަކަށްފަހު ލިޔޯނަށް ޔޫރަޕްގެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ބަންދުވުމާއި ގުޅިގެން އެ ކްލަބުން ބުނީ އެ ޓީޟަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ބާރު އެޓީމަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށާއި، އެޕީލް ކުރުމަށް އެޓީމު އޮތީ ތައްޔާރަށެވެ.
ޔޫރަޕިއަން މިބާރާތްތަކުން ޖާގައެއް ނުލިބުމުން އެޓީމަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި، އެގޮތަށް ޓީމަށް މެދުވެރިވީ ސީޒަން ކެންސަލްކުރުމުގެ ސަބަބުން ކަމަށް ލިއޯނުން ބުންޏެވެ. އެހެންމަކުން އެކަމުގެ ސަބަބުތައް ދެނެގަތުމަށް ލިއޯނުން މަސައްކަތް ކުރާނެ ކަމަށް އެޓީމުން ބުނެފައިވާއިރު ކޯޓަށް މައްސަލަ ހުށަހަޅާނީ ކޮންއިރަކު ކަމެއް އެޓީމަކުން ނުބުނެއެވެ.