News

އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޑާބީ ކައުންޓީންވެސް މުސާރާ ކުޑަކޮށްފި

29 އޭޕްރިލް 2020






އިނގިރޭސި ދެވަނަ ޑިވިޝަން ކަމުގައިވާ އީއެފްއެލް ޗެމްޕިއަންޝިޕްގައި ކުޅޭ ޑާބީ ކައުންޓީގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ނިންމައިފިއެވެ. 

އެ ކްލަބުން ބުނީ ކުޅުންތެރިންގެ މުސާރަ ކުޑަކުރީ ކޮރޯނާވައިރަސްގެ ސަބަބުން އެ ކްލަބަށް ދިމާވެދާނެ މާލީ ގޮންޖެހުތަކުން އަރައިގަތުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. 

ޑާބީ ކައުންޓީގެ ކުޅުންތެރިންގެ މުސާރައިން ކުޑަކުރާނީ ކިހާ މިންވަރެއް ކަމެއް އަދި އެޓީމުން ހާމައެއް ނުކުރެއެވެ. 

އީއެފްއެލްގެ ބައެއް ޓީމުތަކުން އަންނަނީ ކުޅުންތެރިންގެ މުސާރަ ކުޑަކުރަމުންނެވެ. އޭގެ ތެރޭގައި ކާޑިފް ސިޓީ  އިންވެސް ވަނީ ކުޅުންތެރިންނާއި ކޯޗު އަދި ސީނިއާ މެނޭޖްމެންޓްގެ ބައެއް ،ެންބަރުންގެ މުސާރަ ކުޑަކޮށްފައެވެ.

 



Leave a Comment:

Comments will be published after moderation.