News

މޭމަހުގެ 25 ގެ ކުރިން ލީގުތަކާއިމެދު ގޮތެއް ނިންމުމަށް ޔުއެފާއިން އެދިއްޖެ

28 އޭޕްރިލް 2020






ޔޫރަޕިއަން ލީގުތަކުން ލީގުތަށް ކުރިޔަށް ގެންދާނެތޯ ނުވަތަ ސީޒަން ކެންސަލްކުރާނެތޯ ޔަގީން ކުރުމަށްފަހު ކަނޑައަޅާ ގޮތެއް އަންނަ މޭމަހުގެ 25 ގެ ކުރިން ޔުއެފާއަށް އަންގަން އެ އިދާރާއިން ގައުމުތަކަށް އަންގައިފިއެވެ. 

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ބެލަރުސް ފިޔަވާ އެހެން ހުރިހާ ގައުމެއްގައ ފުޓްބޯޅަ ލީގުތައް އޮތީ ކޮރޯނާވައިރަސްގެ ސަބަބުން މެދުކަނޑާލާފައެވެ. 

ޕްރިމިއާ ލީގު ފެށުމަށް ތައްޔާރީތައް ވަމުން އަންނަ އިރު ގައުމުތަކުގެ އެތެރޭގެ ލީގުތަކާއި އިނގިރޭސި ޕްރިމިއާ ލީގާއި ފުށުއަރާފާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި ޕްރިމިއާ ލީގާއި މެދު ގޮތެއް ނިންމުމަށް މުހިންމު ޓީީމުތަކުން އަންނަ ހުކުރު ދުވަހު ބައްދަލުވުމެއް ބާއްވާނެއެވެ.

ޕްރިމިއާ ލީގުން އަންނަނީ "ޕްރޮޖެކްޓް ރިސްޓާޓް" ގެ ނަމުގައި އަލުން ސީޒަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ޕްލޭނެއް އެކުލަވާލާ އެއަށް އަމަލުކުރަން ފަށާފައެވެ.

ޕްރިމިއާ ލީގު ޖޫން 8 ގައި ފަށައިގެން ޖުލައިގެ ނިޔަލަށް ސީޒަން ނިންމާލުމަށް ވަރަށް ބޮޑަށް އުންމީދު ކުރާކަމަށް އިއުލާނުކޮށްފައިވާއިރު ބައެއް ޓީމުތަކުން ވަނީ ޕްރެކްޓިސްވެސް ފަށާފައެވެ. ޕްލޭނާއި އެއްގޮތަށް ޖޫން 8 ގައި ޕްރިމިއާ ލީގު ފަށާނަމަ މޭ 18 ގެ ކުރިން ޓީމުތަކުން ފަރިތަކުރުންތައް ފަށަން ޖެހޭނެއެވެ. 

އެގޮތުން އިޖްތިމާއީ ގައިދުރުކަން ހިފަހައްޓައިގެން ކުޅުންތެރިން ވަކި ވަކިން ތަމްރީނުތަކަށް ހާޒިރުވުމަށް ބައެއް ކްލަބުތަކުން ވަނީ ޓްރޭނިންގ ގްރައުންޑްތައް ހުޅުވާލާފައެވެ. މިހާތަނަށް ޕްރެކްޓިސް ފަށާފައިވާ ޓީމް ތަކަކީ އާސެނަލް، ޓޮޓެންހަމް ހޮޓްސްޕާ، ބްރައިޓަން އަދި ވެސްޓްހޭމްއެވެ.



Leave a Comment:

Comments will be published after moderation.