News

މި އަހަރުގެ އިންޓަރ ސްކޫލް ފުޓްބޯޅައިގެ ބައިވެރިއަކަށް ދިރާޤު، ތަފާތުވާނެ!

22 ފެބްރުއަރީ 2019






އެޑިއުކޭޝަން މިނިސްޓްރީގެ ސްކޫލްތަކުގެ އެކްޓިވިޓީ ޕްލޭންގެ ތަކުން ކޮންމެ އަހަރަކުވެސް ފުޓްބޯޅަ އެސޯސިއޭޝަނުން ބާއްވަމުން އަންނަ ސްކޫލްތަކުގެ އެންމެ ފޯރިގަދަ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް މިފަހަރުގެ ބައިވެރިއަކީ ދިރާޤެވެ. ދުވަސްވީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރަތުގެ ސްޕޮންސަރ ނެސްލޭ-މައިލޯގެ ބަދަލުގައި އެފް.އޭމް.އެމް އިން މިވަނީ ދިރާޤާއި އެކު އަތުގުޅާލާފައެވެ.

ފާއިތުވި އަހަރުތަކުގައި އެތަކެއް އުއްމީދީ ކާމިޔާބު ކުޅުންތެރިންތަކެއް ނެރެދީފައިވާ ދިވެހި ފުޓްބޯޅައިގެ މި ޕްލެޓްފޯރމްގައި ދިރާޤް އިން ބައިވެރިވުމާއިމެދު އެފް.އޭ.އެމް އިން ވެސް ތިބީ ވަރަށް ފޮނިއުއްމީދާއެކުގައެވެ. މިއީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމުގައި މިހާ ކުރީސަފުގައި ދިޜާޤުން އަމަލީގޮތުން ބައިވެރިވާ ފުރަތަމަފަހަރެއްނޫނެވެ. މީގެ ކުރިންވެސް ދިރާޤުންވަނީ ދިވެހި ފުޓްބޯޅައަށްއެކި ގޮތްގޮތުން މިންނެތް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިދިޔަ އަހަރުގެ ދިވެހިރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރަތްކަމަށްވާ، ދިވެހި ޕްރިމިއަރ ލީގްވެސް ވަނީ ސްޕޮންސަރ ކޮށްފައެވެ. މިއަހަރުގެ ދިރާޤުން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ބައިވެރިއަކަށް ވެގެން ދިއުން ވާނީ ކުރިއަރަމުންއަންނަ ޅަ ކުޅުންތެރިންނަށް ހިތްވަރުދީ އެކުދިން ކުރިއެރުވުމަށް ބޭއްވޭ މުބާރާތެއްގައި ބައިވެރިވާ ދެވަނަ ފަހަރަށެވެ.

އެފް.އޭ.އެމް އިން ނިމިދިޔަ އަހަރު "ޓްވާރޑްސް ފިއުޗަރ"ގެ ނަމުގައި ފަށާފައިވާ ދުރުރާސްތާ ފުޓްބޯޅަކުރިއެރުވުމުގެ ޕްލޭންގެ ދަށުން މިދިޔަ އަހަރު އަލަށް ތަޢާރަފްކުރި "ޔޫތް ލީގް" ގައިވެސް ދިރާޤުން ވަނީ ސްޕޮންސަރގެ ހައިސިއްޔަތުން މަސައްކަތްކޮށްފައެވެ.  މިދިޔަ އަހަރު އެފް.އޭ.އިން އަލަށް ފަށައި 13 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއަ ޔޫތް ލީގަކީ ވަރަށް ކާމިޔާބުކަމާއިއެކު ނިންމަލެވުނު ލީގެކެވެ. މީގެ ނަތީޖާއަކަށް ވެގެންދިޔައީ މިއަހަރު އެފް.އޭ.އެމް އިން 14 އަދި 12 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ދެ ޔޫތް ލީގެއް ބާއްވަން ނިންމުމެވެ.

މި ފަހަރުގެ އިންޓަރ ސްކޫލްގެ 3 އުމުރުފުރައިގެ، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރާގައިވެސް ދިރާޤް ސްޕޮންސަރއެއްގެ ގޮތުގައި ހިއްސާވާނެއެވެ. 13 އަހަރުން ދަށުގެ މުބާރާތް ހެންވޭރު ދަނޑުގައި ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާއިރު 15 އަދި 18 އަހަރުން ދަށުގެ މުބާރާތްކުރިއަށް ދާނީ ޤައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އެންމެ ފުރަތަމަ ކުރިއަށްދާނީ 15 އަހަރުން ދަށުގެ އުމުރުފުރައިގެ މުބާރާތެވެ. މި އުމުރު ފުރާގެ މުބާރަތް ފެށުމަށް ހަމަޖެހިފައިވަނީ 25 ފެބުރުއަރީ ވާ ހޯމަ ދުވަހުއެވެ.

އިންޓަރ ސްކޫލް ފުޓްބޯލް

Leave a Comment:

Comments will be published after moderation.